ރާއްޖެއިން އިތުރު 37 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 37 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހީންނާއި، ބަނގުލަދޭޝްގެ 12 މީހުންނާއި، އިންޑިޔާގެ 6 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2187 އަށް އަރާފައެވެ. އޭގެ ތެރޭގައި 759 ދިވެހީންނާއި، ބަނގުލަދޭޝްގެ 1146 މީހުންނާއި، އިންޑިޔާގެ 206 މީހުންނާއި، ނޭޕާލްގެ 42 މީހުންނާއި، ސްރީލަންކާގެ 12 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ޕާކިސްތާނުގެ 3 މީހުން އަދި އެހެނިހެން ޤައުމުތަކަށް ނިސްބަތްވާ 8 މީހުން ހިމެނެއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 1788 މީހުން ރަނގަޅުވެފައި ވާއިރު، މިވަގުތު ފަރުވާދެމުން ދަނީ 389 މީހަކަށެވެ. އަދި މި ބަލީގައި މިހާތަނަށް 8 މީހަކު ނިޔާވެފައިވެއެވެ. ކަރަންޓީނުގައި 151 މީހުން ތިބިއިރު، 294 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ


