ފިރް ހޭރާ ޕޭރީ ގެ ޑައިރެކްޓަރ، ފިލްމު އުފެއްދުންތެރިޔާ އަދި ލިޔުންތެރިޔާ ނީރަޖް ވޯރާ ނިޔާވެއްޖެ އެވެ. ނިޔާވި އިރު އޭނާގެ އުމުރަކީ 54 އަހަރެވެ.
އޭނާ ނިޔާވީ އަންދޭރީ ގެ ކްރިޓި ކެއަރ ގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ފަތިހު 4 ޖެހިއިރު އެވެ.
ވޯރާ އާއިލާއިން ނެރުނު ރަސްމީ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ”އޭނާގެ ހަށިގަނޑު މިސްޓަރ ފިރޯޖް ނަޑިއަވާލާގެ ގެ ކަމަށްވާ ބަރްކަޓް އަށް ގެންދާނެ، އެތަނުން އޭނާގެ ހަށިގަނޑު މެންދުރު ފަހު 3 ޖަހާއިރު ގެންދާނީ ސަންޓާކްރޒް އިލެކްޓްރިކް ކްރެމެޓޯރިއަމް އަށް.“
ވޯރާ ގެ ގިނަ ފިލްމު ތަކެއްގައި ހަރަކާތްތެރިވެފައިވާ މަޝްހޫރު އެކްޓަރު ޕަރޭސް ރާވަލް މި ޚަބަރު ޓްވީޓްކޮށް ބުނެފައިވަނީ، “ ނީރަޖް ވޯރާ – ލިޔުންތެރިޔާ އަދި ހީރާ ފޭރީ އާއި ހިޓް އެތައް ފިލްމެއްގެ ޑައިރެކްޓަރ ވަނީ ނިޔާވެފަ.“
ނީރަޖް ނިޔާވީ ކޯމާ އެއްގައި އޮންނަތާ އަހަރެއްހައި ދުވަސް ފަހުން ކަމަށް އިންޑިޔާގެ މީޑިއާތައް ބުނެއެވެ. ނީރަޖް ނިޔާވީ މުމްބާއީ ގެ ލޯކަލް ހޮސްޕިޓަލެއްގައި އޮއްވަ އެވެ.
ބޮލީވުޑް ގެ ގިނަ ތަރިންނާއި ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ މިކަމުގެ ހިތާމައިގައި ބައިވެރިވަމުންނެވެ.
”ލިޔުންތެރިޔާ، ޑައިރެކްޓަރ، އެކްޓަރ، ޕްރޮޑިއުސަރ ނީރަޖް ވޯރާ މިދިޔަ ހަތަރު ދުވަހު އޮތީ ވެންޓިލޭޓަރުގަ އަދި އޭނާ ނިޔާވީ އެތަކެއް އޯގަން ތަކެއް ފެއިލްވެގެން…..“ ޕްރޮޑިއުސަރ އަޝޯކް ޕަންޑިތް ގެ ޓްވީޓެއްގައި ބުނެފައި ވެއެވެ.
މިހާރު ވަނީ ނީރަޖް ގެ ޖަނާޒާ ބާއްވާފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




