ނޯޓީ40 ގެ ބޮޑު ކާމިޔާބަށް ފަހު ޔޫސޫފް ޝަފީއު ލިޔެ، ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމް “ފޯޓީ ޕްލަސް” އިން ފިލްމީ ދާއިރާ އަށް މުޅިން އާ ފަސް އެކްޓަރަކު ފެނިގެންދާނެ ކަމަށް ޔޫއްޕެ ބުނެފި އެވެ.
މި މަހުގެ 22 ގައި ފޯޓީ ޕްލަސް ގެ ޝޫޓިންގ އަށް ތ. އަތޮޅަށް ފުރާ އިރު، ފިލްމުގެ ކާސްޓުން މިހާރު އެއްކޮށް ހަމަޖެހިފައިވާ ކަމަށް ޔޫއްޕެ ބުނެއެވެ. ފޯޓީ ޕްލަސް ގައި ވެސް “ނޯޓީ 40” ގެ މައިގަނޑު ކާސްޓުން އުޅޭނެ އެވެ. އަދި އަލަށް ކާސްޓާ ގުޅުނު މަޝްހޫރު ތަރިންތަކުގެ އިތުރަށް “ފޯޓީ ޕްލަސް” އިން އަލަށް ނުކުންނަނީ އަންހެން ފަސް އެކްޓަރުންނާއި ފިރިހެން އެކްޓަރުން ނެވެ.
ޔޫއްޕެ ބުނީ ފޯޓީ ޕްލަސް އަށް ތަރިން ހޯދުމަށް އިއުލާނު ކޮށްލުމުން ޝައުގުވެރިކަން ފާޅުކުރި ކުދިންގެ ތެރޭގައި ވަރަށް ހުނަރުވެރި ކުދިން އެބަ ތިބި ކަމަށެވެ.
އެހެންވެ ކުރިިއަށް ހުރި ޕްރޮޖެކްޓަތަކުން އެ ކުދިންނަށް ފުރުސަތު ދޭނެ ކަމަށްވެސް ޔޫއްޕެ ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!