ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖެ ޓީވީން ނިއު ނޯމަލް ކުރު ފިލްމު މުބާރާތެއް ބާއްވަނީ

– އިތުރު މައުލޫމާތު ހޯދުމަށް 3007771 އަށް ގުޅުމަށް ރާއްޖެ ޓީވީން އެދޭ

ނިއު ނޯމަލް ނުވަތަ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރެއިން އައު އާއްމު ހާލަތާއި ގުޅިގެން ރާއްޖެ ޓީވީން ކުރު ފިލްމް ހެދުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނިއު ނޯމަލް ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 01 ޖުލައިން ފެށިގެން 31 ޖުލައިގެ ނިޔަލަށް ހުޅުވާލެވިފައެވެ. މުބާރާތުގެ ތީމް އަކީ “ނިއު ނޯމަލް” އެވެ. އެހެންކަމުން އައު އާއްމުހާލަތާއި ގުޅުންހުރި ކޮންޓެންޓް ހިމެނޭޭގޮތަށް 05 މިނެޓާއި 10 މިނެޓާއި ދެމެދުގެ ކުރު ފިލްމު ތައްޔާރުކޮށް ހުށައެޅޭނެއެވެ.

ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމު އާމިރު ސަލީމް ވިދާޅުވީ ރާއްޖެ ޓީވީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުރު ފިލްމް މުބާރާތުގެ މަޤްސަދަކީ ނިއު ނޯމަލްގައި އަމަލުކުރަންޖެހޭ ގޮތްތަކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުން ކަމަށެވެ.

‘ނިއު ނޯމަލް ކުރު ފިލްމު މުބާރާތުން’ 01ވަނައަށް ދާ ފަރާތްތަކަށް ކްލިކް ކޮމްޕިއުޓަރުން ހުށަހަޅާ 17000 ރުފިޔާގެ އަގުހުރި ލެޕްޓޮޕެއް ލިބިގެންދާނެއެވެ. މީގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރ، އެންމެ މޮޅު ކެމެރާމަން، އެންމެ މޮޅު އެޑިޓަރ، އެންމެ މޮޅު އެކްޓަރ އަދި އެކްޓްރެސް ވެސް މި މުބާރާތުގައި ހޮވާނެ ކަމަށް ރާއްޖެ ޓީވީން ބުނެއެވެ.

މުބާރާތުގައި ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ ޖަޖިން ޕެނަލް އަކުންނާއި ބެލުންތެރިންގެ ވޯޓު ހިމަނައިގެންނެވެ.

https://www.facebook.com/RaajjeTelevision/videos/928426014251876/

މުބާރާތުގެ ޓްރެއިލަރ ވީޑިއޯއެއް ‘ރާއްޖެ ޓީވީ ސްޓައިލް’ގެ ހިއުމަރ ހިމަނައިގެން ގެނެސްދީފައިވަނީ ވަރަށް ޝަޢުޤުވެރި ގޮތަކަކަށް ކަން ފާހަގަކޮށްލެވެއެވެ. ކުރިއަރަމުން އަންނަ އެކްޓްރެސް ޝިފާ ފެނިގެންދާ މި ޓްރެއިލަރ އަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top