ޞިއްޙީ ހާލަތުގެ ސަބަބުން ލަވަޔާއި މިއުޒިކާއި ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ލެޖެންޑަރީ ލަވަކިޔުންތެރިޔާ ޢަބްދުލް ހަންނާން މޫސާ ދީދީ މިއުޒިކީ ދާއިރާއަށް އެނބުރި އަތުވެއްޖެއެވެ.
ހަންނާން އެނބުރި އައީ އޭނާގެ ސަޕޯޓަރުންނަށް ހަދިޔާއަކާއި އެކުގައެވެ. އެއީ ކުރިން އޯޑިއޯ ނެރެފައިވާ ވަރަށް ރީތި އަމިއްލަ ރާގެއް ކަމަށްވާ ”ނުދޭ ލޯބި އައިޝާ“ މި ލަވައިގެ ވީޑިއޯއާއި އެކުގައެވެ. ހަންނާންގެ ޅެމަކަށް އޭނާ ކިޔާފައިވާ މި ހިތްގައިމު ލަވައިގެ ރާގުވެސް ތައްޔާރުކޮށްފައިވަނީ ހަންނާނެވެ.
މަޑުމައިތިރި ރާގަކަށް ކިޔާފައިވާ މި ހިތްގައިމު ލަވައިގައި މަޝްހޫރު ބަތަލު ޢަލީ ސީޒަންއާއި ކުރިއަރަމުން އަންނަ ބަތަލާ ވާޝިޔާ މުޙައްމަދު (ޝިޔާ) ހަރަކާތްތެރިވެފައި ވާއިރު ލަވައިގައި ހަންނާންވެސް ފެނެއެވެ. އިބްރާހީމް މޫސާ (ދަބާ) އާއި ޢަބްދުﷲ ޝިވާޒް (މާސްކޭ) ކެމެރާކޮށްފައިވާއިރު ވީޑިއޯ އުފެއްދުމުގައި ހަންނާންގެ އަނބިކަނބަލުން ޢާއިޝަތު ޢަލިމަނިކު (ފީރޯޒު އައިސްތު) ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަމަށް މުނިއަވަސް އަށް ހަންނާން ބުންޏެވެ.

ރާއްޖޭގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ ޢަބްދުލް ހަންނާން މޫސާ ދީދީ
”ވީޑިއޯ އުފެއްދުމުގެ މަސައްކަތް ކޮށްދެއްވީ އަޅުގަނޑުގެ އަންހެނުން ފީރޯޒު އައިސްތު. ލަވަ ވީޑިއޯ ކޮށްދެއްވީ އިބްރާހިމް މޫސަ (ދަބަ) އަދި ބައެއް މަންޒަރުތައް ނަގާފައިވަަނީ މާސްކޭ ޝިވާޒް.“ ހަންނާން ބުންޏެވެ.
”ވަރަށް ހާއްސަ ޝުކުރެއް އަލީ ސީޒަން އަދި އަލީ ރަޝީދު (ގޮޅާ) އަށް. އަދި އިމާދު އިސްމާޢީލް ގެ އިތުރުން ދަބަ އާއި މުޖުތަބާ އަށް.“ ވީޑިއޯގެ މަސައްކަތް ކޮށްދިން ފަރާތްތަކަށް ޝުކުރުވެރިވަމުން ހަންނާން ބުންޏެވެ.
ޔޫޓިއުބް މެދުވެރިކޮށް ބެލުންތެރިންނަށް ލަވަ ދޫކޮށްލާފައިވާއިރު ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ލަވަ ނެރޭނެކަމަށް ހަންނާން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




