ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމެރިކާގައިވެސް ޓިކްޓޮކް މަނާކުރަނީ؟

އެމެރިކާއިންވެސް ޗައިނާއިން އުފައްދާފައިވާ ޓިކްޓޮކާއި މީސްމީޑިއާ އެޕްތަކެއް މަނާކުރަމުން މަސައްކަތްކުރަމުން އަންނަކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ މިދިޔަ ހޯމަދުވަހު ބުނެފިއެވެ.

ޕޮމްޕޭއޯ މިކަމަށް އިޝާރާތްކޮށް ވާހަކަދެއްކީ ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ކަމަށް ސީއެންއެން އިން ރިޕޯޓްކުރެއެވެ. ޕޮމްޕޭއޯ ބުނީ މަނާކުރުމުގެ ކަންތަކާމެދު ވަރަށް ސީރިއަސްކޮށް ވިސްނަމުން އަންނަކަމަށެވެ.

ފޮކްސް ނިއުސްގެ ލޯރާ އިންގްރަމް ކުރި ސުވާލަކަށް ޖަވާބުދެމުން ޕޮމްޕޭއޯ ބުނީ ޗައިނާގެ އެޕްތަކުގެ ކަންތައް ހަމައަކަށް އެޅުވުމަށް އެމެރިކާއިން މަސައްކަތްކުރާނެ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިންޑިޔާއިން ވަނީ އިންޑިޔާގައި ޓިކްޓޮކް މަނާކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top