މަމްސް އެންޖީއޯގެ ފަރާތުން މި ހިނގާ ޖުލައި މަހުގެ 22 އިން ފެށިގެން މި މަހުގެ ނިޔަލަށް “މަމްސް އޮންލައިން އެކްސްޕޯ 2020” ގެ ނަމުގައި އޮންލައިން އެކްސްޕޯއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ، ކޮވިޑް-19 ގެ މި ބަލިމަޑުކަމާ ދިމާކޮށް މުޅި ދުނިޔެއަށް މިއައި ބަދަލުތަކާއި ގުޅިގެން، ގިނަ ވިޔަފާރިތަކަށް ގެއްލުން ލިބިފައިވާ މި ދަނޑިވަޅުގައި، އެ ވިޔަފާރިތައް ކޮޅަށް ޖެހުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މަމްސް އިން ބުނެއެވެ. މީގެ އިތުރުން މި އެކްސްޕޯ ބޭއްވުމުގެ ބޭނުމަކީ މި ދަނޑިވަޅުގައި، ކަސްޓަމަރުންނަށް ވެސް ގޭގައި ރައްކާތެރި މާހައުލެއްގައި ތިބެގެން ތަކެތި ބައްލަވައިގަތުމަށް ހިތްވަރު ދީ ބާރު އެޅުމަށް މަގު ފަހިކޮށް ދިނުން ކަމަށް އެ އެންޖީއޯއިން ބުނެއެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް ކޮންމެ ވިޔަފާރި އަކުން ވެސް ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
“ރެޖިސްޓްރީ ވެފައިވާ ކޮންމެ ވިޔަފާރިއަކަށް ވެސް އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖް އަދި ފޭސްބުކް ކްލޯޒްޑް ކޮމިއުނިޓީގައި އެ ވިޔަފާރިތައް ޕްރޮމޯޓް ކޮށްލާ، އޯޑިއަންސް އިތުރު ކޮށްލުމަށް ފުރުސަތު ލިބިގެން ދާނެ.” މަމްސް އިން ބުންޏެވެ.
މަމްސް އެންޖޯއޯ ފޭސްބުކް ޕޭޖްގައި 18،000 ޕްލަސް އަދި ފޭސްބުކް ކްލޯޒްޑް ކޮމިއުނިޓީގައި 33،000 ޕްލަސް އެކްޓިވް މެމްބަރުން ހަރަކާތްތެރިވެއެވެ.
މިފަދަ ބޮޑު އޯޑިއެންސެއްގައި ތަކެތި ޕްރޮމޯޓް ކޮށްލުން ވެގެންދާނީ ކުދިއަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމުގައިކަން އެ އެންޖީއޯ ޢިން ބުނެއެވެ..
މައުލޫމާތު ސާފުކޮށްލުމަށް 9976766 / 9899926 އަށް ގުޅުއްވުމަށްވެސް މަމްސް އިން އެދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި