ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަނޫޕަމް ކޭރްގެ ޢާއިލާ ބަޔަކު ކޮވިޑަށް ފައްސިވެއްޖެ

ބޮލީވުޑް އެކްޓަރ އަނޫޕަމް ކޭރްގެ ޢާއިލާގެ 4 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެކަން ހާމަކޮށް މީސްމީޑިއާއަށް އޭނާ އާންމުކޮށްފައިވާ ވީޑިއޯގައި އޭނާ ބުނެފައިވަނީ އޭނާގެ މަންމަ ދުލާރީއާއި، ބޭބެ ރާޖޫއާއި، ފަހަރި ރީމާ އަދި ބޭބެގެ އަންހެން ދަރިފުޅު ވްރިންދާ ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށާއި އޭނާގެ ޓެސްޓުތައް ނައްސިވެފައިވާކަމަށެވެ.

އަނޫޕަމް އެކަން ހާމަކުރުމާއެކު ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ދަނީ އޭނާއަށް ހިތްވަރުގެ އެކި މެސެޖުތައް ރައްދުކޮށް އެމީހުންނަށް އަވަސް ޝިފާއަކަށް އެދެމުންނެވެ. އޭގެ ތެރޭގައި އަނީލް ކަޕޫރްއާއި ސޯނަމް ކަޕޫރާއި ރަވީނާ ޓަންޑަންއާއި ރަންވީރް ޝޯރޭފަދަ ތަރިން ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top