މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން އެންމެފަހުން ހާމަކުރި މަޢުލޫމާތުގައި ވާގޮތުން މިއަދުގެ 10:45 އިން 15:00 އަށް ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.

މި ސަރަހައްދުތަކުގެ ކަނޑުތައް ގަދަވުމާއެކު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވުމަށާއި، ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެފަރާތުން އިލްތިމާސް ކުރައްވައެވެ.
މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް އަދި ކަނޑުތައް ގަދަ ދުވަސްވަރަކަށްވެފައި، ކަނޑުމަތީގެ އެކިއެކި ހާދިސާތައް ހިނގަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާތީ އެމްއެންޑީއެފް އިންވެސް ވަނީ ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ޚިޔާލު
