ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔޫއްޕެގެ “ހުވާކޮށްފާ ބުނަން” ސީރީޒްގެ ޝޫޓިން މިއަދު ފަށަނީ

ރާއްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ، ޑައިރެކްޓަރ އަދި ސްކްރީން ރައިޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ މުޅިން އައު ސީރީޒް “ހުވާކޮށްފާ ބުނަން“ގެ ޝޫޓިން މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. މުނިއަވަސްއަށް ޔޫއްޕެ ބުނީ ފުރަތަ އެޕިސޯޑްގެ ޝޫޓިން އަންނަ ބުރާސްފަތި ދުވަހަށް ނިންމުމަށް ޓާގެޓްކޮށްފައި ވާކަމަށެވެ.

ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ “ހުވާކޮށްފާ ބުނަން” މިއީ ލޯބީގެ ދިގު ސީރީޒެއް ކަމަށް ޔޫއްޕެ ބުންޏެވެ.

ހުވާކޮށްފާ ބުނަން“ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި އަޙްމަދު ސަޢީދު، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ޢީސާ (އާނަންދު)، ޢަބްދުﷲ ޝާފިޢު އިބްރާހިމް (ފުބޫ)ގެ އިތުރުން މަރްޔަމް ޝިފާ، ޝިޔާ އަދި ‘ތިން ބިބީ’ން ފެނިގެންދިޔަ ނަތާޝާ ހިމެނެއެވެ.

ހުވާކޮށްފާ ބުނަން” ސީރީޒް ދައްކާނެ ޕްލެޓްފޯމެއް އަދި ނިންމާފައި ނުވާކަމަށް ޔޫއްޕެ މަޢުލޫމާތު ދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top