ދިވެހި ޤައުމީ ލަވަތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް ލަވައަކީ ”އޯ ވަޒަން“ ކަމާމެދު ދެބަސްވާނެ ދިވެއްސެއް މަދުވާނެއެވެ. މިއީ ހަމައެކަނި ދިވެހީންގެ ހިތްތަކާ ކުޅެލާފައިވާ ލަވައެއް ނޫންކަން މިހާރު މިއޮތީ އެނގިގެން ގޮސްފައެވެ. ދުނިޔޭގެ 20އަށް ވުރެން ގިނަ ޤައުމުގެ 44 މިއުޒީޝަނުން މި ލަވައިގެ ކަވާއެއް ގެނެސްދީފައި ވުމަކީ އެކަމުގެ އަލިގަދަ ހެއްކެކެވެ.
ނުވަދިހައިގެ ފަހުކޮޅު މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުﷲ ޙަސަން (ހޮޅުދޫ ޢަބްދުﷲ)ގެ ރަން އަޑުން ކިޔާފާއިވާ ”އޯ ވަޒަން“ގެ ކަވަރއަކީ ”އޮކެސްޓްރާ“ ވައިބެއްގެ ގޮތުގައި ގެނެސްދީފައިވާ ވާޝަން އެކެވެ.

މި ކަވަރ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އޮކެސްޓްރާ ގްރޫޕެއްކަމަށްވާ ”ވަން އޮކެސްޓްރާ“ އާއި އެމެރިކާގެ ސިޓީއެއްކަމަަށްވާ ޕެންސިލްވޭނިއާގައި ހުންނަ ”މޯހޯކް ހައި ސްކޫލް ކޮޔަރ“ ގްރޫޕް ގުޅިގެންނެވެ.
”އޯ ވަޒަން“ގެ މި ކަވަރ ޔޫޓިއުބަށާއި މީސްމީޑިއާއަށް ދޫކޮށްލާފައިވަނީ ދިވެހިންނަށްދޭ ޓްރިބިއުޓެއްގެ ގޮތުގައެވެ.
މިއީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް މި އާޓިސްޓުން ކޮށްފައިވާ ތާރީޚީ، އަގުހުރި މަސައްކަތެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



