ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރިއްފަތުގެ ޢީދު ލަވަ ޢީދު ދުވަހު ރާއްޖެ ޓީވީން ރިލީޒްކުރަނީ

ވިދަމުން އަންނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތު ޕްރޮޑިއުސްކޮށް މި އަހަރު އަޟްޙާ ޢީދަށް ޚާއްޞަކޮށް އުފައްދާ ފައިވާ ޢީދު ލަވަ، ޢީދު ދުވަހު ރާއްޖެ ޓީވީން ރިލީޒްކުރާނެ ކަމަށް ރިއްފަތު ބުނެފިއެވެ.

ފޯރިގަދަ ހިންދީ ރާގަކަށް ރިއްފަތު ކިޔާފައިވާ މި ލަވައިގެ ލިރިކްސް ހަދާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޙަސަން ޠަލާޤް އެވެ.

މަނިކް އާޓްސް އިން ލަވައިގެ ވީޑިއޯ މަސައްކަތް ވަރަށް ފުރިހަމައަށް ކޮށްފައިވާއިރު، ލަވައިގައި ފަރިފަރި ނެށުމުގެ ހަރަކާތްތަކެއް ގެނެސްދެނީ “ޕާރޕްލް ވިންގް ޑާންސް ގްރޫޕް”ގެ ނެށުންތެރިންނެވެ.

ލަވަ އުފެއްދުމުގައި އެހީތެރިވެދިން އިއްލޭ، މާއި އަދި ސަމާއަށް ރިއްފަތު ޝުކުރުއަދާކުރަމުން ބުނީ ލަވައިގެ އޯޑިއޯ އަދި ވީޑިއޯ ހެދުމަށް ލިބުނީ އެންމެ 48ގަޑިއިރު ކަމަށެވެ.

“ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލަވައިގެ ހުރިހާ ކަމެއް މި ނިންމާލީ.” އަމިއްލަ ސޯލޯ އަލްބަމްގެ ޑީވީޑީއާއެކު ނެރުމަށް ތައްޔާާރުވަމުން އަންނަ ރިއްފަތު ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top