ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދަމުން އަންނަ 26 އެޕިސޯޑްގެ ލޯބީގެ ސީރީޒް ”ހުވާކޮށްފާ ބުނަން“ގެ ޝޫޓިން ހުޅުމާލޭގައި ބާރު ސްޕީޑްގައި ކުރިއަށް އެބަދެއެވެ.
މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ ތިން ސީޒަނަކަށް ގެނެސްދޭ ސީރީޒެކެވެ.
”ހުވާކޮށްފާ ބުނަން“ގެ ފިރިހެން ކާސްޓުންނަކީ އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު އީސަ (އާނަންދު)، އަހުމަދު ސައީދުގެ އިތުރުން އަބްދުﷲ ޝާފިއު (ފުބޫ) އެވެ. އަންހެން ކާސްޓުންނަކީ ޔޫއްޕެ ކުރިއަރަމުން އަންނަ ހުނަރުވެރި ބަޠަލާ މަރިޔަމް ޝިފާ، އައިސް ޓީވީން މިހާރު ދައްކާ ސިލްސިލާ ”ފުރަބަންދު“ގައި ހަރަކާތްތެރިވާ ވާޝިޔާ މުހައްމަދު (ޝިޔާ)ގެ އިތުރުން ނަތާޝާ އެވެ.
”ހުވާކޮށްފާ ބުނަން“ގެ ފުރަތަމަ ސީޒަން އަންނަ ސެޕްޓެމްބަރު މަހުގެ 15 ހިސާބުގައި އާންމުންނަށް ފެންނަވަރު ވާނެ ކަމުގެ އުންމީދު ޔޫއްޕެ ދޭއިރު، މި ސީރީޒް ދައްކާނެ ޕްލެޓްފޯމެއް އަދި ނިންމާފައި ނުވާކަމަށް ޔޫއްޕެ ބުންޏެވެ.
”ހުވާކޮށްފާ ބުނަން“ އަކީ މުޖުތަމައު ތެރޭގައި ހުރި ގިނަ މައްސަލަތަކެއް ދައްކުވައިދޭނެ އަސަރުގަދަ ލޯބީގެ ޑްރާމާއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




