ރަންވީރް ސިންގއަށް އެންމެ މޮޅު ޑެބިއު އެވޯޑް ލިބުމުން ރަންވީރާމެދު ހަސަދަވެރިވި ކަމަށް 2010 ވަނަ އަހަރު ނުކުތް “އުދާން” އިން ބޮލީވުޑަށް ތަޢާރަފުވި އެކްޓަރ ރަޖަތު ބަރްމޭޗާ ހާމަކޮށްފިއެވެ.
“2011 ވަނަ އަހަރު، ގާތްގަނޑަކަށް ހުރިހާ އެވޯޑެއްހެން ލިބުނީ އުދާންއަށް.. ބެސްޓް ފިލްމު އެވޯޑްވެސް ލިބުނު.. އެކަމަކު ބެސްޓް އެކްޓަރަކަށް ހޮވުނީ އަހަރެންނެއް ނޫން.. ރަންވީރް.. އެވަގުތު އަހަރެން ކުޑަކޮށް ދެރަވެ ހަސަދަވެރިވެސްވި..”
އިންޑިޔާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫހަކަށް ރަޖަތު ބުނެފައިވެއެވެ.
“ފިލްމު ބެލި އެންމެންވެސް އަހަރެންނަށް އެހާ ތަޢުރީފުކުރި.. އަމީތާބް ބައްޗަންވެސް އޭނާގެ ބްލޮގްގައި އަހަރެންނާއި އުދާންގެ ވާހަކަ ލިޔުނު.. އެހެންވެ އުދާންއަށް ބެސްޓް ފިލްމު އެވޯޑް ލިބިފައި އަހަރެންނަށް ބެސްޓް އެކްޓަރ އެވޯޑް ނުލިބުނީމަ އެކަން ހަޖަމުކުރަން އަހަރެންނަށް ދަތިވި.”
ރަޖަތު އިތުރަށް ބުނެފައިވެއެވެ.
“އުދާން”ގެ ތަރިންގެ ތެރޭގައި ރަޖަތު ބަރްމޭޗާގެ އިތުރުން ރޯނިތު ރޯއީ، މަންޖޯތު ސިންގ، އަނަންދު ތިވާރީ އަދި ރާމް ކަޕޫރް ހިމެނެއެވެ. މިއީ ވިކްރަމަދިތުޔާ މޮތުވާނޭގެ އަލަތު ޑައިރެކްޝަނެވެ.
