ބޮލީވުޑްގެ މެގަ ސްޓަރ އަމީތާބު ބައްޗަންް ކޮވިޑް-19އަށް ނައްސިވުމުން ހޮސްޕިޓަލުން ދޫކޮށްލައިފި ކަމަށް އަމީތާބުގެ ދަރިފުޅު އަބީޝެކް ބައްޗަން ބުނެފިއެވެ. ‘ބިގް ބީ’ ދޫކޮށްލުމުން މިހާރު ގޭގައި އަރާމުކުރަމުން އަންނަކަމަށްވެސް އަބީޝެކް ބުނެއެވެ.
“އަހަރެންގެ ބައްޕަ ކޮވިޑް-19 އަށް ނައްސިވުމުން ހޮސްޕިޓަލުން ދޫކޮށްލައިފި. ބައްޕަ މިހާރު ހުރީ ގޭގައި އަރާމުކުރަންް. އެންމެންގެ ހެޔޮ ދުއާއާއި ހެޔޮއެދުންތަކަށް ޝުކުރުވެރިވަން.” އަބީޝެކް ކޮށްފައިވާ ޓްވީޓެއްގައި ބުންޏެވެ.
އަބީޝެކް އިތުރަށް ބުނީ އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާތީ ހޮސްޕިޓަލުގައި ހުރެގެން ފަރުވާ ހޯދަމުން އަންނަކަމަށެވެ.
“ނަސީބު ދެރަކަމުން، ކޮވިޑް-19 އަށް ފައްސިވެފައިވާތީ އަހަރެން މިހުރީ ހޮސްޕިޓަލުގައި. އަހަރެންގެ އާއިލާއަށްޓަކައި ހެޔޮ ދުއާކޮށްދިން ހުރިހައި ފަރާތްތަކަށް އަދިވެސް އެއް ފަހަރު ޝުކުރުއަދާކުރަން.” އަބީޝެކްގެ ޓްވީޓުގައި ވެއެވެ.
ކޮވިޑް-19 އަށް ފައްސިވެ، ހޮސްޕިޓަލުގައި އަމީތާބު އެޑްމިޓްކުރީ ޖުލައި 11 ވަނަ ދުވަހުއެވެ.
ބޮލީވުޑް އެކްޓަރ އައިޝްވަރިޔާ ރާއީ ބަޗަން އާއި އޭނާގެ އަންހެން ދަރިފުޅު އަރަދްޔާ ބަޗަން ކޮވިޑް-19ން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލީ މީގެ ފަސްދުވަސް ކުރިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!