ހަލުވިކަމާއެކު ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފަށާފައިވާތީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އަޅަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) މިއަދު އެދިއްޖެއެވެ.
އެޗްއީއޯސީން މިއަދު ހަވީރު ބޭއްވު ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޝަތު ސާމިޔާ ވިދާޅުވީ، ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ވައިގެ މަގުން ނުވަތަ ކަނޑުމަގުންވެސް ދިގު ދަތުރުކޮށްފައިދާ ފަރާތްތަކުން މާސްކު އެޅުން މަޖުބޫރު ވާނެ ކަމަށެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުމަށް އެޗްއީއޯސީން ރިކޮމެންޑް ކުރާކަމަށް ވެސް ސާމިޔާ ވިދާޅުވިއެވެ.
“ފުރަބަންދު ކަރަންޓީނުގައި މީހުން މާލެއިން ރަށްރަށަށް ވަރަށް ގޮސްފި. އޭގެ އިތުރުން ދަތުރުފަތުރާއި އެކު ފަހަރުގައި އަދި ޑިޓެކްޓްނުވެ ވެސް ހުރުން އެކަށީގެންވޭ. އެހެންވެ މިއާއި އެކުގައި ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޅުގަނޑުމެން ހަމަ ރައްޔިތުންގެ ފަރާތުން އެދޭ ކަމެއް ވީހާވެސް ބޮޑަށް ހަމަ ރަށްރަށުގައި ފޮތި މާސްކު މިހާރުން ފެށިގެން ބޭނުން ކުރުން.” ސާމިޔާ ވިދާޅުވިއެވެ. ފޮތި މާސްކު އެޅުމަށް އެދިފައިވަނީ ރަށްރަށުން ސާޖިކަލް މާސްކް ލިބުން ދަތިވާނެތީ ކަމަށްވެސް ސާމިޔާ ވިދާޅުވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!