ބޮލީވުޑަށް ނުކުތީއްސުރެ އެންމެ ގިނަ ބައެއްގެ ލޯބި ލިބުނު އެއް އެކްޓްރެސްއަކީ ކަރީނާ ކަޕޫރް ޚާންކަން ޔަޤީނެވެ. ”ކަބީ ޚުޝީ ކަބީ ޣަމް..“، ”ޖަބް ވީ މެޓް“، ”3 އީޑިއަޓްސް“ އަދި ”ގުޑް ނިއުޒް“ ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކަރީނާ ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކެއް ދޫކޮށްލާފައެވެ.
އެގޮތުން ކަރީނާ ވަނީ ރޯހިތު ޝެޓީ 2013 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ބޮލީވުޑް ފިލްމު ”ޗެންނާއީ އެކްސްޕްރެސް“ ދޫކޮށްލާފައެވެ. އެކަން ހާމަކުރަމުން ކަރީނާ ބުނެފައިވަނީ އޭނާއަށް އެ ފިލްމު ހުށަހެޅިއިރު އޭނާ އުޅެނީ އާމިރު ޚާންއާއެކު ކުޅުނު ”ތަލާޝް“ގެ މަސައްކަތުގައި ވަރަށް ބުރަކޮށް ކަމަށެވެ. އެހެންކަމުން އޭނާއަށް އެ ފިލްމަށް ވަގުތު ދެވެން ނެތުމުން ފިލްމު ޤަބޫލުނުކޮށް ދޫކޮށްލީކަމަށް ކަރީނާ ބުނެފައިވެއެވެ.
ކަރީނާ އެ ފިލްމު ޤަބޫލު ނުކުރުމުން ދެން ފިލްމު ހުށަހެޅީ ދީޕިކާ ޕަޑުކޯންއަށެވެ. އެ ރޯލަށް ދީޕިކާ ވަރަށް ރަނގަޅަށް އިންސާފު ކޮށްދީފައިވެއެވެ. ފިލްމަށް ފާޑުކިޔާ ފަރާތްތަކާއި ފިލްމު ބަލާ ފަރާތްތަކުންވެސް ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައިވެއެވެ. ޚާއްސަކޮށް ދީޕިކާގެ އެ ރޯލު ގެނެސްދީފައިވާލެއް ފުރިހަމަކަން ފާހަގަކޮށްލެވެއެވެ. އެ ފިލްމަކީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމުވެސްމެއެވެ.
ކަރީނާ ދެން އެންމެ އަވަހަށް ފެންނާނީ އާމިރު ޚާންއާއެކު ކުޅޭ ”ލާލް ސިންގ ޗައްޑާ“އިންނެވެ. އަދި ކަރަން ޖޯހަރްގެ ތާރީޚީ ފިލްމު ”ތަޚުތު“ އަކީވެސް ކަރީނާގެ ކުރިއަށް ހުރި ފިލްމުތަކުން ފާހަގަކޮށްލެވޭ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




