‘ޔޫއްޕެ ޕްރޮޑަކްޝަނުން’ ފުރަތަމަ އުފައްދާ ޑްރާމާ ސީރީޒް “ހުވާކޮށްފާ ބުނަން“ގެ ޝޫޓިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ.

26 އެޕިސޯޑްގެ ލޯބީގެ ޑްރާމާ ސީރީޒް “ހުވާކޮށްފާ ބުނަން” އަކީ ހުރިހާ ރަހަތަކެއް ހެޔޮވަރަށް އެކުލެވިގެންވާ ސީރީޒެކެވެ. އެގޮތުން ލޯތްބާއި އިޖުތިމާއީ މައްސަލަތަކަށް މި ސީރީޒްގައި އަލިއަޅުވާލާނެއެވެ.

ޑްރާމާ ސީރީޒް “ހުވާކޮށްފާ ބުނަން” އަންނަ ސެޕްޓެމްބަރު މަހު ދައްކަން ފެށޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ޔޫއްޕެ ބުނެއެވެ.

ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ “ހުވާކޮށްފާ ބުނަން“ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި އަޙްމަދު ސަޢީދު، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ޢީސާ (އާނަންދު)، ޢަބްދުﷲ ޝާފިޢު އިބްރާހިމް (ފުބޫ)ގެ އިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ)، މަރްޔަމް ޝިފާ، ޝިޔާ އަދި ‘ތިން ބިބީ’ން ފެނިގެންދިޔަ ނަތާޝާ ހިމެނެއެވެ.

ހުވާކޮށްފާ ބުނަން” ކެމެރާކޮށް އެޑިޓްކުރަނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.