ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއި ޝިފާ އިބްރާހިމް އިއްޔެ ކައިވެނިކޮށްފި އެވެ.
މޯލްޑިވިން އައިޑޮލް އިން ވިދައިލި މި ދެ ލަވަކިޔުންތެރިން ކައިވެނިކުރީ ފެމިލީ ކޯޓުގައި އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ އޮންލައިން ސެޝަންއެއްގައެވެ. އުމުރުން 23 އަހަރުގެ ޝަލަބީ އާއި 21 އަހަރުގެ ޝިފާގެ ކައިވެނީގެ ރަނަކީ 1،234.56 ރުފިޔާ އެވެ.
މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޝަލަބީ އާއި އައްޑޫ ހިތަދު އަށް އުފަން ޝިފާ ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.
މި ދެމީހުންގެ ކައިވެނީގެ ކުޑަކުޑަ ހަފުލާއެއް ދިވެހިވަންތަކޮށް ބޭއްވި އިރު އެ ހަފުލާގައި ބައިވެރިވީ ޝަލަބީ އާއި ޝިފާގެ އާއިލާގެ މީހުންނެވެ.
ޝަލަބީ އާއި ޝިފާއަށް ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް އެދެމުން މުނިއަވަސް ޓީމުން މަރުޙަބާ ކިޔަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!