ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރައީސް މަޢުމޫންގެ ހާލުކޮޅު ރަނގަޅު – ޔުމްނާ

ކޮވިޑް-19 ޖެހިފައިވާކަން އިއްޔެ ހާމަކުރައްވާފައިވާ ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް ހާލުކޮޅު ރަނގަޅުކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފްއާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވީ ރައީސް މައުމޫނުގެ ހާލު ރަނގަޅުކަމަށާއި ބަލީގެ އަލާމާތްތައްވެސް ހުރީ ކުޑަކޮށްކަމަށެވެ.

ރައީސް މައުމޫނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާކުރި ފަރާތްތަކަށް ޝުކުރު އަދާކުރެއްވުމަށް މަޢުމޫން ކުރެއްވި ކުރެއްވި ޓުވީޓެއްގައި، ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

ރައީސް މަޢުމޫން ކޮވިޑް-19 އަށް ފައްސިވިކަން ހާމަކުރެއްވުމާއި ގުޅިގެން ވަރަށް ގިނަ ޢަދަދެއްގެ ދިވެހިން އަންނަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާގެ މެސެޖްތައް މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top