ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެހެމްގެ ރޯލުކުޅުނު މުޙައްމަދު ނާޒިމް ވެސް ސާތު ނިބާނާ ސާތިޔާ 2 އަށް

ސްޓާ ޕްލަސްގެ މަޝްހޫރު ސީރީޒް “ސާތުނިބާނާ ސާތިޔާ”ގައި އެހެމް މޯދީގެ ރޯލު ކުޅުނު މުޙައްމަދު ނާޒިމު ވެސް “ސާތުނިބާނާ ސާތިޔާ 2” އާއި ގުޅިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ. ގޯޕީ ބަހޫގެ ރޯލު ކުޅުނު ޑެވޮލީނާ ބަޗަރްޖީވެސް މި އާއިލީ ޑްރާމާއާއި ދާދިފަހުން ވަނީ ގުޅިފައެވެ.

“ސާތުނިބާނާ ސާތިޔާ 2″ގައި މުޙައްމަދު ނާޒިމް ކުޅޭނީ ގޯޕީގެ ފިރިމީހާ އަދި ކޮކީލާބެންގެ ލޯބިވާ ދަރިފުޅު އެހެމް މޯދީގެ ރޯލެވެ. މަޢުލޫމާތު ލިބޭގޮތުން މި ޝޯ ފުރިހަމަ ކުރުމަށްޓަކައި އެންމެ އެކަށޭނަ އެކްޓަރުން ޝޯގެ ހަފޮޅުން އެތެރެއަށް ލުމަށް މި ޝޯގެ އިސް މޭސްތިރިން ކަމަށްވާ ރަޝްމީ އާއި ޕަވަން ކުމާރު އަންނަނީ ގިނަގުނަ މަސައްކަތެއް ކުރަމުންނެވެ.

މީޑިއާތަކުން ބުނީ “ސާތު ނިބާނާ ސާތިޔާ” ގެ ދެވަނަ ސީޒަނުން ރޫޕަލް އާއި ދެވޮލީނާ ވެސް ފެނިގެންދާނެ ކަމަށާއި މީގެ ޝޫޓިން މި މަހު މެދު ތެރޭގައި ފަށާނެ ކަމަށެވެ.

ދިވެހީންގެ ތެރޭގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދި ހިންދީ ޑްރާމާ ސިލްސިލާ ”ސާތު ނިބާނާ ސާތިޔާ“ ގައި ދައްކަނީ ނުފޫޒުގަދަ މައިދަތަައަކު އުޅޭ ގެއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއްގެ ތެރެއިން އެހެމް އާއި ގޯޕީގެ ޒަވާޖީ ހަޔާތުގައި ކުރިމަތިވާ ކަންތަތަކެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top