ރ. މީދުއަށް އުފަން، އުމުރުން އެންމެ 17 އަހަރުގެ އިކްރާމް (އިކޫ)ގެ ”ލަދުވެތި މޫނު“ އަޑުއައިފިން ހެއްޔެވެ؟ ވަރަށް ހިތްގައިމު ލަވައެއް އަހައިލަން ބޭނުން ނަމަ މި ލަވައަކީ ކޮންމެހެންވެސް ޕްލޭ ލިސްޓަށް އިތުކޮށްލަން ޖެހޭ ލަވައެކެވެ.
އުމުރުން 13 އަހަރުގައި ލަވަކިޔަންފެށި އިކޫގެ ”ލަދުވެތި މޫނު“ މިހާރު ލަވަފޮށި އެޕްލިކޭޝަނުން އަހައިލެވޭނެއެވެ. މިއީ ’ބަޒި ރެކޯޑްސް’ގެ އެދުމަކަށް އިކޫ ކިޔައިދީފައިވާ ލަވައެކެވެ.
ބަޒި ރެކޯޑްސް އިން މިއުޒިކު ތައްޔާރުކޮށް، ރެކޯޑިންގ އަދި މިކްސިންގެ ހުރިހައި ކަމެއްވެސް ކޮށްފައިވަނީ އަރުޝަދު (އަރޭ) އެވެ.
މީގެ އަހަރުތަކެއް ކުރިން، އަލީ ރަމީޒުގެ އަޑުން އިވިގެންދިޔަ ”ލަދުވެތި މޫނު“ގެ ހިތްގައިމު ކަން މިފަހަރު ވަރަށްވެސް ތަފާތުވެފައި ސަޅިއެވެ. އިކޫގެ ހިތްގައިމު އަޑުން މި ލަވައިގެ ކަވަރއެއް ގެނެސްދީފައިވަނީ ޒަމާނީ ސްޓައިލަކަށެވެ.
’ހަވާސް ބޮޑުބެރު ގްރޫޕް‘ ގައި މަސައްކަތްކުރަމުންދާ އިކޫ ބުނީ ލަވަކިޔަން އޭނާއަށް ފުރަތަމަ ފުރުޞަތު ދިނީ ވެސް ރ. މީދޫ ހަވާސް ބޮޑުބެރު ގްރޫޕުން ކަމަށެވެ.
”ލަވަ ކިޔުމުގަ އަޅުގަނޑަށް އެންމެ ބޮޑު އެއްބާރުލުމަށް ދީފައިވަނީ މޯލްޑިވިއަން އައިޑޮލް އިން ވިދާލި ހަމްދާން.“ އަކޫ ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




