ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އެހެނަސް” ގެ ނިމުން ބެލޭނީ ނޭވާ ހިފަހައްޓާލައިގެން އިނދެ!

ބައިސްކޯފުން ގެނެސްދިން ކާމިޔާބު ވެބް ސީރީޒް “އެހެނަސް“ގެ އެންމެ ފަހު އެޕިސޯޑް، ވަރުގަދަ ކުންނަކާއެކު ގެނެސްދީ ސީރީޒް ނިންމާާލައިފިއެވެ. ދެ ސީޒަނަކަށް ގެނެސްދިން މި ސީރީޒްގައި ހާމަނުކޮށް ހިފަހައްޓާފައިވާ ކަންތައްތަކެއް އެންމެ ފަހު އެޕިސޯޑުން ފެނިގެން ދިޔައިރު، ސީރީޒް ބަލަން އިންނަން ޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ސީރީޒްގައި ހިފަހައްޓާފައިވާ ކުންނު ހާމަވެގެންދިޔައީ ފިލްމުގެ ލީޑް ފާތިމަތު ޝަރާ، މުޙައްމަދު ވިޝާލު، އައިޝަތު ރިޝްމީ، ޝީލާ ނަޖީބުގެ އަސަރުގަދަ މަންޒަރުތަކެއް ގެނެސްދީ ބެލުންތެރިން ރޮއްވައިލަމުންނެވެ.

ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ޖިންސީ އަނިޔާ، ގެވެށި އަނިޔާ އަދި ގަނާކުރުން ދައްކުވައިދީ ދިވެހި މުޖުތަމައުގައި އަށަގެންފައިވާ، ނަމަވެސް މީގެ ކުރިން ފިލްމެއްގައި ދައްކާފައި ނުވާ މި ތަފާތު ކޮންސެޕްޓްގެ ވާހަކައަކީ ލިޔުންތެރިޔާ އަޙްމަދު އިޤްބާލް (އައިކިޔު)ގެ ވާހަކައަކަށް ޑައިރެކްޝަންގައި ދެވަނައެއް ނެތް ރަވީ ފާރޫޤް ޑައިރެކްޓްކޮށް ގެނެސްދިން ސީރީޒެކެވެ.

“އެހެނަސް” ގެ ވަދާޢީ ޝޯ ބައިސްކޯފުން ދައްކާފައިވާއިރު، ސީރީޒްގެ މުޅި ޓީމަށްވެސް އެ އެޝޯ ދައްކާލާާފައިވެއެވެ.

މިއީ ހަމަ ކޮންމެހެންވެސް ބަލައިލަން ޖެހޭ ފަދަ މޮޅު ސީރީޒެއްކަަމަށް ބެލުންތެރިން އަންްނަނީ ފާާހަގަކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top