ބައިސްކޯފު އޮރިޖިނަލްސް ”ގަމިނި“ ދައްކަން ފަށައިފިއެވެ. ”ގަމިނި“ގެ ފުރަތަމަ ދެ އެޕިސޯޑް ބައިސްކޯފުން ރޭގައި ވަނީ ދައްކާފައެވެ.
”ގަމިނި“ ވެބް ސީރީޒް ޕްރިމިއާ ކުރުމަށް ރޭ ބައިސްކޯފްގައި ބޭއްވި ހަފްލާއެއްގައި ފުރަތަމަ ފަސް އެޕިސޯޑް ދައްކާފައި ވެއެވެ. ޖުމްލަ 13 އެޕިސޯޑްގެ ”ގަމިނި“ ދައްކާނީ ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހުގެ ރޭގައެވެ.
ބޮޑު ކާސްޓެއް ހިމެނޭ ”ގަމިނި“ ވެބް ސީރީޒްގައި ކުޅަދާނަ ފިލްމީ ތަރި އަދި ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ)، މަރިޔަމް ޝަކީލާ (ޝަކިއްތަ)، އަޙްމަދު އާސިމް އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ސައީދު، އަލަށް ތައާރަފުވާ ސޫޒަން އިބްރާހިމްފުޅު، ނިޝާ (ނިޝްކޮ)، އަލީ ފިޒާމް، އައިޝަތު ނަތާޝާ ޖަލީލް، މަރިޔަމް ޝިފާ، މުހައްމަދު އިމްރާން، އަމީން ޝަފީއު، އިސްމާއިލް ޒާހިރު، އަޖްނާޒް އަލީ، އިސްމާއީލް ވަހީދު އަދި ޖައުޒާ ޖައުފަރު ވެސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ.
”ގަމިނި“ އަކީ ފިލްމު ”ހެޕީ ބާތު ޑޭ“، ”ލޫދިފާ“ އަދި ”ނިވައިރޯޅި“ ފަދަ ކާމިޔާބު ކްރައިމް ތުރިލާ އުފެއްދި މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާ އެކެވެ.
”ގަމިނި“ ޝޫޓްކުރީ އެންމެ ރަށެއްގައެއް ނޫނެވެ. އެގޮތުން ތ. ވޭމަންޑޫ އާއި ހަމަ އެ އަތޮޅު ކިނބިދޫ، އއ. މަތިވެރި އާއި ހަމަ އެ މަޑޫގަލި، މަތިވެރި އަދި ފެރިދޫގެ އިތުރުން ފ. ނިލަންދޫގައި ޝޫޓްކޮށްފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




