ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެކްޓަރ ސީޒަންގެ “ޓިކްޓޮކް” ވެރިފައިކޮށްދީފި

ރާއްޖޭގެ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަންގެ ޓިކްޓޮކް އެކައުންޓު، ޓިކްޓޮކުން ވެރިފައިކޮށްދީފި އެވެ. މަޢުލޫމާތު ލިބޭގޮތުން މިއީ ރާއްޖޭގެ ފިލްމީ ފަންނާނެއް ނުވަތަ އެހެންވެސް ފަރާތެއްގެ އެކައުންޓެއް ޓިކްޓޮކުން ވެރިފައިކޮށްދިން ފުރަތަމަ ފަހަރެވެ.

މީސްމީޑިއާގެ އެހެން މަންސަތަކެކޭ އެއްފަދައިން ޓިކްޓޮކުން ވެރިފައިކޮށްދެނީ އާއްމުންގެ ތެރޭގައި މަގުބޫލު މީހުންނާއި ގިނަ އަދަދެއްގެ މީހުން ފޮލޯކުރާ އެކައުންޓްތަކެވެ.

ސީޒަންގެ ޓިކްޓޮކް އެކައުންޓު، ޓިކްޓޮކުން ވެރިފައިކޮށްދިންކަން އޭނާގެ ޓްވިޓަރގައި ވެސް މިއަދު ވަނީ ހިއްސާކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top