ދިވެހި ފިލްމީ ސިނާއަތުގައި މިވަގުތު އެންމެ ފިޔަޖަމުން އަންނަ، އެންމެ ހުނަރުވެރި ބަތަލާ މަރިޔަމް އައްޒަގެ ޓިކްޓޮކް އައިޑީ ވެސް ޓިކްޓޮކުން ވެރިފައިކޮށްދީފި އެވެ.
އައްޒަގެ ޓިކްޓޮކް އައިޑީ ވެރިފައިކޮށްދީފައި މިވަނީ އެކްޓަރު އަލީ ސީޒަންގެ ޓިކްޓޮކް އައިޑީ ވެރިފައިކޮށްދިންތާ 24 ގަޑިއިރުނުވަނީހެވެ. އެއާއެކު މި ދެތަރިން ވެގެން ގޮސްފައި ވަނީ ރާއްޖޭގައި ޓިކްޓޮކް އައިޑީ ވެރިފައިވި ފުރަތަމަ ތަރިންނަށެވެ.
ޓިކްޓޮކްގައި މަޝްހޫރު އަދި މަޤްބޫލު ދިވެހި ޓިކްޓޮކް ސްޓާރުންގެ އައިޑީތައް އަދި މިހާތަނަށް ވެރިފައިކޮށްދީފައި ނުވާއިރު، މި ދެތަރިންގެ އައިޑީ ވެރިފައިކޮށްދީފައި ވުމަކީ މި ދެތަރިންނަށް ލިބިފައިވާ ބޮޑު ޝަރަފެއްކަން ފާހަގަކޮށްލެވެއެވެ.
މީސްމީޑިއާގެ އެހެން މަންސަތަކެކޭ އެއްފަދައިން ޓިކްޓޮކުން ވެރިފައިކޮށްދެނީ އާއްމުންގެ ތެރޭގައި މަގުބޫލު މީހުންނާއި ގިނަ އަދަދެއްގެ މީހުން ފޮލޯކުރާ އެކައުންޓްތަކެވެ. އެކްޓްރެސް މަރިޔަމް އައްޒަގެ ޓިކްޓޮކްގައި 13000 އަށް ވުރެން ގިނަ ފޮލޯވަރުން މިވަގުތު އެބަތިއްބެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




