ވިކްރަމް ސޭތުގެ ވާހަކައަކަށް މީރާ ނާއިރް އެޑެޕްޓްކޮށްގެން ފޮތުގެ އަސްލު ނަން “އަ ސޫޓެބަލް ބޯއީ”ގެ ނަމުގައި ކުޅެފައިވާ ސީރީޒް މި އޮކްޓޫބަރު މަހު 23 ގައި ނެޓްފްލިކްސް އިން ދައްކަން ފަށާނެއެވެ.
މި ސީރީޒްގެ ލީޑްގައި ހަރަކާތްތެރިވަނީ ކާމިޔާބު އެކްޓަރ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ޚައްތުރާ، ޓާބޫ އަދި ތާނިޔާ މަނިކްތަލާ އެވެ. މީގެ އިތުރުން ވިވާން ޝާހް، ޝަހާނާ ގޯސްވާމީ، ރާމް ކަޕޫރާއި ރަންދީޕް ހޫދް ފަދަ ތަރިންގެ އެކްޓިން ފެނިގެންދާނެއެވެ.
ސީރީޒް ރިލީޒްކުރާ ތާރީޚް ޢާއްމުކުރުމާއެކު އިޝާން އޭނާގެ ފޭނުންނަށް ބުނީ ސީރީޒްއަށް އިންތިޒާރުކުރަމުން އަންނަ ފަރާތްތަކަށް މިހާރު މިއޮތީ ތާރީޚް ލިބިފައި ކަމަށެވެ. އިޝާން އާއި ގާތް ލޯބީގެ ގުޅުމެއް މި ސީރީޒްގައި ބާއްވާ ޓާބޫ ބުނީ، “މިނިވަންކޮށް އުޅުމަށްޓަކައި މިނިވަން ކަމާއެކު ލޯބީގެ ގުޅުން ބޭއްވެން ޖެހޭ” މިހެންނެވެ.
މިއީ 10 އެޕިސޯޑް ހިމެނޭ ސީރީޒެކެވެ.
