ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ކުރު ފިލްމު “އަނގުރު“، އެ ޕްރޮޑަކްޝަންގެ ޔޫޓިއުބް ޗެނަލްގައި މިއަދު ރިލީޒްކޮށްފިއެވެ.
“އަނގުރު“ގެ ހަރަކާތްތެރިވަނީ ފިލްމީ ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިލައްވާފައިވާ ރާއްޖޭގެ ފުންނާބު އުސް އެކްޓަރ ޙަސަން މަނިކް (ރޯނު ހަސަނިކް) އާއި ކުރިއަރަމުން އަންނަ ބަޠަލާ އާމިނަތު ސިލްނާގެ އިތުރުން އަޙްމަދު ފާއިޒް، އިބްރާހީމް ޝިޔާޒް، ފާޠިމަތު ޒުހައިރްގެ އިތުރުން މުޙައްމަދު މާހިލް އެވެ.
”އަނގުރު“ ލިޔެ ޑައިރެކްޓްކުރީ ޑާކްރެއިންޝޯޓްސްގެ ދަށުން ގެނެސްދިން ފުރަތަ ފިލްމު ”ދަޢުވަތު“ ވެސް ލިޔެ ޑައިރެކްޓްކުރި ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މީގެ އިތުރުން ފިލްމުގެ ފޮޓޯގްރަފީ އަދި އެޑިޓިން ހެދީވެސް ޗިއްޕެއެވެ.
”އަނގުރު“ ވެސް ޕްރޮޑިއުސްކުރީ ޢާއިޝަތު ފުއާދު ތަޢުފީޤް އާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.
https://www.youtube.com/watch?v=cJ_scxzB7i0&feature=share&fbclid=IwAR2M2ZEou-wT6ta9ZUhvCgBOHj6JScwtTGA_H73ReJNfFu_z_tYPqdae6ss
ޑާކްރެއިންްޝޯޓްސް ކުރު ފިލްމުތައް ޔޫޓިއުބްގައި ގެނެސްދެނީ ‘ފޯރކޭ އަލްޓްރާ އެޗްޑީ’ ކޮލިޓީގައެވެ. ”އަނގުރު“ ކްލެސިފައިކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ އުމުރުފުރާއަށެވެ.
ޑާކްރެއިންްޝޯޓްސް އަކީ ޑާކްރެއިންގެ ސަޕޯޓަރުންނަށްޓަކައި އެ ޕްރޮޑަކްޝަނުން ތައްޔާރުކޮށްގެން ގެނެސްދޭ ކުރު ފިލްމު ތަކެކެވެ. މި ފިލްމުތަކުން ދާއިރާއަށް އައު ފަންނާނުން ނެރުމަކީވެސް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މަޤްޞަދެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!