ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މެންސާ މަދުއްރާ” ވީޑިއޯ ލަވަ ވަރަށް ފައްކާ!

ގދ. ތިނަދޫ ބުންނަރު ސްޓޫޑިއޯ އާއި ޗައްޕަލާ ސްޓޫޑިއޯގެ ފަރާތުން ނެރުނު “މެންސާ މަދުއްރާ” ވީޑިއޯ ލަވަ ބަލައިފިން ހެއްޔެވެ؟ މިއީ ބަލައިލަން ވަރަށް ފައްކާ، ސަޅި ލަވައެކެވެ. ރަނގަޅު މެސެޖްތަކެއް ލިބޭ ލަވައެކެެވެ.

ތިނަދޫ ބަހުން ނެރެފައިވާ “މެންސާ މަދުއްރާ” ލަވައަކީ އާންމުން ސާފުތާހިރުކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން ހަދާފައިވާ ލަވައެކެވެ.

ރޭގެ ވަގުތެއްގައި ނެރުނު މި ލަވައަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

https://www.facebook.com/BunnaruStudio/videos/915004122358869/

“މެންސާ މަދުއްރާ” ކިޔާފައިވަނީ ޝަފީގާއި މޯލްޑިވިއަން އައިޑަލްއިން ބޮޑު މަޤްބޫލުކަމެއް ހޯދި ތިނަދޫއަށް ނިސްބަތްވާ މުޙައްމަދު ޒަލީފެވެ. ލިރިކްސް ހެދީ މަޝްހޫރު ޅެންވެރިއެއް ކަމަށްވާ އަބްދުﷲ އަފީފް އެވެ. މިއުޒިކް ހެދީ އަބްދުލް ބާތިންއެވެ.

ލަވައިގެ ވީޑިއޯގައި ހަރަކާތްތެރިވެފައިވަނީ ހައިޝަމް، ވިޝާން، އަބާން، ހާޒިފް، މާޖިދް، އަރުޝަމް، ރަޔާން، ޔައީޝް (ކޮކީ)، ޝާކިރް، ރަހުމާން، ޝަފީގު، މޯޑް (ޓެކްސް)، ގެ އިތުރުން ލަވަކިޔުންތެރިޔާ ޒަލީފެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top