ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑރ. ބިލާލް ފިލިޕްސްގެ ހާލުކޮޅު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބޫ އަމީނާހް ބިލާލް ފިލިޕްސްގެ ސިއްހީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އޭނާގެ ފޭސްބުކް ޕޭޖާއި ޓްވިޓަރގައި ބުނެފިއެވެ.

ޓްވިޓަރގައި ބުނެފައިވަނީ ބިލާލް ފިލިޕްސްގެ ހާލުކޮޅު ގޯސްކޮށް އުޅޭތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި އެޑްމިޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ފޭސްބްކް ޕޭޖްގައި ބުނެފައިވަނީ ޑރ. ބިލާލް ފިލިޕްސްގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން ކަމަށާއި މިއަދު ކޮވިޑް-19 އަށް ޓެސްޓްކުރާނެ ކަމަށެވެ.

“އޭނާ އޮންނެވީ އޮކްސިޖަން އާއި ގުލްކޯޒްގެ ސަޕޯޓްގައި.” ދީނަށް ގޮވައިލެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބިލާލް ފިލިޕްސްގެ ޓްވިޓަރގައި އިތުރަށް ބުނެފައިވެއެވެ.

ޑރ. ބިލާލް ފިލިޕްސްގެ އެޑްމިޓްކުރެވުނު ޚަބަރު ލިބުމުން ދުނިޔޭގެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންނާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އިތުރުން ގިނަ ބަޔަކު އަންނަނީ އަވަސް ޝިފާއެއް ބިލާލް އަށް މިންވަރުކުރެއްވުމަށް އެދި ހެޔޮ ދުޢާ ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top