ދޭސީ ރަހަތަކާއެކު މިމަހު 24 ގައި ނޭހާ ކައްކަރާއި ރޯހަންޕްރީތު ސިންހްގެ ކައިވެނިކޮށްފިއެވެ. ކައިވެނި އޮތީ ސިކުންގެ މީހުން އަޅުކަންކުރުމަށް ޖަމާވާ ގުރުދުވަރާ ގައެވެ.
އުމުރުން 32 އަހަރުގެ ނޭހާ އާއި ޕަންޖާބީ ފަންނާނު، އުމުރުން 29 އަހަރުގެ ރޯހަންޕްރީތު އަކީ ޒަމާންވީ ދެ އެކުވެރިންނެވެ.
ފިޔަޖަހަމުން އަންނަ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނޭހާ ކައްކަރާއި ރޯހަންޕްރީތު ސިންހްގެ ކައިވެނީގެ ހަފުލާގައި ޕަންޖާބީ ފަންނާނުން ފެނިގެންގޮސްފައި ވެއެވެ. އޭގެ ތެރޭގައި އުރުވަޝީ ޑޮލަކިއާ، މަނިއޭޝް ޕޯލް ފަދަ ތަރިން ހިމެނެއެވެ.
ކައިވެނީގެ ހަފުލާގައި ޕަންޖާބީ ބަންގްޅާ ލަވަތަކަށް މި ފަންނާނުން ނަށާފައިވެއެވެ.
ރޯހަންޕްރީތަކީ ކަލާޒް ޗެނެލުން މި އަހަރުގެ ކުރީކޮޅު ދެއްކި “ބިގް ބޮސް” ސީޒަން 13 އާއި “މުޖްސޭ ޝާދީ ކަރޯގޭ” ގައި ވެސް ބައިވެރިވި ފަންނާނެކެވެ.
ކިޔުންތެރިންގެ ޚިޔާލު


