ކޮމަންވެލްތު ޤައުމުތަކުގެ މިއުޒިކާއި ސަގާފަތް ދައްކައިލުމަށް ރަނުގެ ފުރުޞަތެއް ކޮމަންވެލްތު ސެކްރެޓެރިއޭޓުން ހުޅުވާލައިފިއެވެ. މިއީ ކޮމަންވެލްތު ގައުމުތަކުގެ މިއުޒިކް ފަންނާނުން އެމީހުންގެ ޤައުމުތަގެ ފަންނުވެރިކަން ދައްކައިލުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
ކޮމަންވެލްތުން ހުޅުވާލާފައިވާ މި ފުރުޞަތުގައި ބައިވެރިވުމުގެ މުއްދަތު 30 އޮކްޓޫބަރު 2020ވާ ހުކުރު ދުވަހަށް އިތުރުކޮށްފައިވާއިރު، ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވެސް ވަނީ މި އިވެންޓުގައި ދިވެހި ދިދަ ފެންނަން ބޭނުންވާ ކަމަށް ވިދާޅުވެ، ޓްވީޓެއް ކުރައްވާފައެވެ.
Where are all the Maldivian musicians? I want to see our flag here among those countries where the entries have been submitted. https://t.co/Uxmgi7Cm6J
— Farah Faizal 🎈🇲🇻 (@DrFarahFaizal) October 26, 2020
‘ޔުނައިޓިން ދަ ކޮމަންވެލްތު ތުރޫ މިއުޒިކް ޖިއުރިން ކޮވިޑް-19’ ޕްރޮޖެކްޓަކީ ކުރިން ބާއްވާފައި ނުވާފަދަ ބޮޑު މިއުޒިކީ ޢީދެއްކަމަށާއި ކޮމަންވެލްތުގެ މެންބަރު 54 ގައުމަށް ނިސްބަތްވާ 54 މިއުޒީޝަނުން އެކުލެވޭ ބޮޑު ވާރޗުއަލް ހުށައެޅުމެއް މި ޕްރޮޖެކްޓުގައި ފެނިގެންދާނެ ކަމަށް ވެސް ކޮމަންވެލްތުން ފާހަގަކުރެއެވެ.
މި އިވެންޓް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް މިއުޒިކް ގްރޫޕެއް ކަމަށްވާ ‘ޑައިނައިސަސް އެންސެމްބްލް’ އާއި ގުޅިގެންނެވެ.
މި އިވެންޓާ ގުޅޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމު މި ލިންކުން ލިބެން ހުންނާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް
- 3 މެއި 2025ޚަބަރުބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް