ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބެންގޯލުން ވެސް ރީނދޫކުލައިގެ ވެލައެއް ފެނިއްޖެ – ވީޑިއޯ

މިދިޔަ އަންގާރަ ދުވަހު އިނޑިއާގެ ހުޅަނދު ބެންގޯލު ފެންގަނޑަކުން ރީނދޫކުލައިގެ ވެލައެއް ސަލާމަތްކޮށްފިއެވެ. މިއީ މަދުން ނޫނީ ނުފެންނަ، މިފަދަ ރީނދޫ ވެލައެއް މި އަހަރު އިންޑިއާއިން ފެނުނު ދެވަނަ ފަހަރެވެ. މީގެ ކުރިން މިފަދަ ވެލައެއް ފެނުނީ މި އަހަރު ޖުލައި މަހު އޮޑިއްސާއިން ނެވެ.

އިންޑިއާގެ ފޮރެސްޓް ސާރވިސް އޮފިސަރ ދެބާޝީޝް ޝަރްމާގެ ޓްވިޓަރގައި މިމަހު 27 ވަނަ ދުވަހު، ގަދަ ރީނދޫކުލައިގެ މި ވެލާގެ ފޮޓޯތަކެއް ހިއްސާކޮށްފައިވެއެވެ. ދެބާޝީޝް ބުނާގޮތުން، މި ވެލާ ފެނިގެން ސަލާމަތްކުރީ ބުރްދުވާން ފެންގަނޑުންނެވެ. އޭނާ ބުނީ ވެލާގެ ކުލަ ތަފާތު ވެފައި ވަނީ ‘ޖެނެޓިކް މިއުޓޭޝަން އެއްގެ ސަބަބުން ނުވަތަ ކޮންޖެނިޓަލް ޑިސޯޑަރއެއްގެ ސަބަބުން ޓައިރޯސިން ޕިގްމެންޓް މަދުވުމުން’ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top