ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަލަތު ކައިވެނި – ރަސްރަނި ކައިވެންޏަކަށް!

ކައިވެނީގެ މަހެފިލަށް ދެވުމާއެކު ހީވީ މީލާދީ ސަނަތުން 1400 ގެ އަހަރުތަކަށް ވަދެވުނު ހެންނެވެ. ކުރިން ދެކެފައި ނުވިޔަސް، ދިވެހި ތާރީޚީ ފަތްފުށްތަކާއި ބައެއް ކިތާބީ ހެކިތައް ފެނިފައި ހުރުމުން އެ ޒަމާން ސިފަވެގެން ނުދާ ވަރެއް ނޫނެވެ. ހުޅުމާލޭގައި މިއަދު ބޭއްވި ކައިވެނި ހަފުލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މިފަދަ ރަސްރަނި ކައިވެނިކަމަށް ވެސް ވެދާނެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ދިވެހި ސަޤާފަތް ދައްކުވައިދޭ ކައިވެނީގެ ހަފުލާތައް ބާއްވަމުން ގެންދެއެވެ. ދިވެހި ލިބާހާއި ދިގުހެދުމާއި ހުދު ގަމީހާ ފޭލީގައި ކައިވެނި ހަފުލާތައް ބާއްވަމުން ދިޔަ ނަމަވެސް އަފުރާހު އާއި ފާއިދާގެ ކައިވެނި ހަފުލާ ބާއްވާފައި މިވަނީ ވަރަށްވެސް ތާރީޚީ ގޮތަކަށެވެ.

ދެ ފަރާތުގެ އާއިލާގެ ފުރިހަމަ އެއްބާރުލުމާއި ރައްޓެހިންގެ ފުރިހަމައެހީތެެރިކަން ލިބިގެން، އައްސުލްތާން މުހައްމަދު ސަމްސުއްދީން ތިނެއްގެ ޒަމާނުގައި އެ ރަދުން ތުރުކުރައްވާ ހެދުންކޮޅާއި އެއްގޮތަށް ކައިވެނީގެ ހަފުލާގައި އަފުރާހު ފެންނައިރު އޭނާގެ ބޮލުގައި ފަގުޑިއެއް އަޅާފައި އޮވެއެވެ. ފެންނަފެނުމަށް ހަމަ ރަސްކަލެކޭ އެއްފަދަ އެވެ. ހަމަ އެހެންމެ ކައިވެނީގެ ހަފުލާގައި އަންހެން ކުއްޖާ އިހުގެ ކަސަބު ބޯވަޅު އެޅި ރަތްލިބާސް ލާފައި ހުންނައިރު އިހުގެ ރަނިކަނބަލުން ތިއްބަވާ ގޮތް ހަނދާނަށް އާދެއެވެ.

މި ކައިވެނި ހަފުލާގައި ރަނިކަމަނާއަށް ރަން ހަވާލުކުރުމަށް ބެރުދުންމާރި ތާޅަފިލީގައި ރަސްގެފާނު ހަތްކޮޅު ދަށުގައިހުންނަވައިގެން ވަޑައިގަންނަވާ މަންޒަރު ވަރަށް ރީތިކޮށް ސިފަވެގެން ދިޔައެވެ. އޭރު ރަނިކަމަނާ އިންނެވީ ހުޅުމާލޭ ގޮނޑުދޮށް ފަރާތުގައި ހުރި އަދަރާދު ގޮޑިއެއްގައި އިށީދެލައިގެންނެވެ. ކައިރީގައި ދެ އަންހެން ކުދިން އަތު ފަންކާ ހިފައިގެން ވިހެދޭން ތިބެއެވެ. ރަސްގެފާނު ވަޑައިގެން ރަނިކަމަނާއަށް ރަން ހަވާލުކުރެއެވެ. ރަން ފޮށި ހަދާފައިވަނީ އިހުގެ އަޑަފިކޮޅު އަޅާ ފޮށްޓެއްގައެވެ.

ރަސްރަނި ކައިވެނި ފޮޓޯ އަލްބަމް – ޝައްމޫން ޒާހިރު ފޮޓޯގްރަފީ

[responsive-slider id=33112]

ރަން ހަވާލުކުރުމަށްފަހު ދެ ކަނބަލުން ކައިވެނި ސައިފޮދު ތައްޔާރު ކޮށްފައިވާ މާލަމަށް ވަދެއެވެ. އެތަނުގެ ފަންމަންޒަރު ތައްޔާރު ކޮށްފައިވަނީ އިހުގެ ފަން ޖިފުޑި ގެއެއްގެ ސިފައިގައެވެ. ގޭގެ ދޮރުމަތީގައި އުދޯލިކޮޅެއް އެލުވާފައި އޮވެއެވެ.

ކައިވެނި ހަފުލާއަށް ހާޒިރުވާ މެހެމާނުންނަށް ތައްޔާރުކޮށްފައިވާ ޚާއްޞަ އިހުގެ ބޮޑު މަލާފަތެއް ބަހައްޓާފައި ހުއްޓެވެ. މި މަލާފަތުގެ ތެރޭގައި އިހުގެ ތަފާތު ވައްތަރުގެ ހެދިކާތައް އަޅާފައި ހުއްޓެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި މި ކައިވެނި ހަފުލާއަކީ އިހުގެ ސަޤާފަތާއި އާދަކާދަތައް ދައްކުވައިދޭ ތާރީޚީ ކައިވެނި ހަފުލާއެކެވެ. އަސްލަށްވެސް މިއީ ހަމަ ރަސްރަނި ކައިވެންޏެކެވެ. އެހެންކަމުން މުނިއަވަސްގެ ނަމުގައި މި ކައިވެނި ކުރެވުނު ދެ ކަނބަލުންނަށް އުފާވެރި، ބާއްޖަވެރި ދިރިއުޅުމަކަށް އެދެމެވެ. ތިޔަ ދެކަނބަލުންގެ ކައިވެނީގައި ބަރަކާާތްލައްވާށިއެވެ.

ރަސްރަނި ކައިވެނި ފޮޓޯ އަލްބަމް – މުނިއަވަސް

[responsive-slider id=33125]

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ސަކީ5 އަހަރު ކުރިން

ވަރައް ހިތްގައިމު😍

Nine5 އަހަރު ކުރިން

kureega meehun phone gengulheytha

Nubunaanan5 އަހަރު ކުރިން

އެކަމު ތީ ގަައިމުވެސް އަލަތު ކައިވެނި އެތް ނޫން

އައިޝާ5 އަހަރު ކުރިން

އިންޝާﷲ

ކުލް5 އަހަރު ކުރިން

އަޅޭ ދެކުދިން ލޯބިކަން

Jey5 އަހަރު ކުރިން

The pics are fantastic. Would be great if theres any video

Wow5 އަހަރު ކުރިން

This is truly romantic and awesome

ނޫރާ5 އަހަރު ކުރިން

ހަބޭސް ކައިވެންޏެއް. އޮބި ސެޓަޕް އެންޑް ކޮސްޓިއުމް

ޖުނާން5 އަހަރު ކުރިން

ތީ ހަމަ ގައިމުވެސް ބަޔަކު ކުރި ވަރަށް ބުރަ މަސައްކަތެއް. ދެ ކަނބަލުންނަށް ބާއްޖަވެރި ކައިވެންޏަކަށް އެދެން. ދަ ތީމް އިޒް އޯވްސަމް

ސުލްތޯނު5 އަހަރު ކުރިން

މަވެސް އަލުން ކައިވެނި ކުރާހިތް ވެއްޖެ. ތިކަހަލަ ސަޅި ތީމަކަށް ވެޑިން ޕާޓީ ބާއްވާނީ

bandaybanday5 އަހަރު ކުރިން

ވަރަށް ސަޅި

Home
Menu
Search
Back to top