ސާރަކާ ވައްތަރުގެ، މާސިންގާ ކިނބުލެއް އެމެރިކާގެ ފުލޮރިޑާއިން މިދިޔަ ބުދަ ދުވަހު ފެނިއްޖެއެވެ. މި ކިނބޫ ފެނުނީ ވެލެންްސިއާ ގޮލްފު އަދި ނެޕްލްސްގެ ކަަންޓްރީ ކުލަބުން ހުރަސްކުރަނިކޮށެވެ.
ފުލޮރިޑާއިން ބޮޑެތި ކިނބޫ ފެނުމަކީ އެހާ މަދުން ހިނގާކަމެއް ނޫނެވެ. ފުލޮރިޑާގެ ޕާކުން ފެނުނު ކިނބުލުގެ ސައިޒު ބޮޑުކަމުން ސާރަކާ އަޅާކިޔާފައި ވެއެވެ. މި ވީޑިއޯ ރެކޯޑްކުރި ޓައިލަރ ސްޓޮލްޓިންގ ބުނީ އެވަރުގެ ބޮޑު ކިނބުލެއް ދުވަހަކުވެސް ފެނިފައި ނުވާކަމަށެވެ.
”އަސްލު އަހަންނަށް ވެސް ކޮންމެވެސް ވަރެއްގެ ޝޮކެއް ލިބުނު.“ ގޮލްފު ކުލަބުގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ސްޓޮލްޓިންގ ނެގި ވީޑިއޯއާމެދު ދަ ނިއުޔޯކް ޕޯސްޓާ ވާހަކަދައްކަމުން ފާހަގަކުރިއެވެ.
”އެސޮރު ފުދޭވަރަކަށް ބޮޑު، މިހާތަނަށް މަށަށް ފެނުނު އެންމެ ބޮޑު ކިނބޫ އެއީ.“ އޭނާ ބުންޏެވެ.
މި ވީޑިއޯ ވައިރަލް ވެފައި ވަނީ ވެެލެންސިއާ ގޮލްފު ކުލަބުން ފޭސްބްކްގައި އެ ވީޑިއޯ އާއްމުކުރުމާާއި ގުޅިގެންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




