ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ރޫމީ އާ ޖަންނަތު” : ކެމެރާގެ ފުރަގަހުން ވެސް މަޖާކަން – ވީޑިއޯ

ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ހަމަ ކޮންމެ އުފެއްދުމެއްގެ މަސައްކަތް ކުރަމުންދާ އިރު، ސަކަރާތްޖެހުމާއި މަޖާ ނެގުން މިއީ ހަމަ އާއްމުކަމެއްކަމަށް ކިޔާއަޑު އެހީމެވެ. އެހައި ވަރަށް ކެއުން އޮންނަކަންވެސް ހަމަ ގައިމުވެސް ކެމެރާގެ ފުރަގަހުން (ބިހައިންޑް ދަ ސީންސް) އިން ފެނެއެވެ. މި ދެކަންތައް އަޅުގަނޑަށް ވެސް ކުޑަކޮށް ނަމަވެސް ތަޖުރިބާކޮށްލެވުނީ ފިލްމު “ނޮވެމްބަރ”ގެ ޝޫޓިން ތެރެއިންނެވެ. އެއީ އަދި ލޯބީގެ، ސީރިއަސް ފިލްމެކެވެ. އެކަމަކު ޝޫޓިންގައި އުޅުނުއިރު ހީވީ ބޮޑު މަޖާގަނޑެއްގެ ތެރޭގައި އުޅެވުނުހެންނެވެ. މަޖާކޮށް، ސަކަރާތްޖެހުން އޮތަސް، ސީރިއަސްވާން ޖެހޭ ވަގުތު ހަމަ އެންމެންވެސް އެހާ ސީރިއަސްވެސް ވެއެވެ.

ދައްކަން މިއުޅެނީ މީޑިއާނެޓް އޮރިޖިނަލްސް އިން ގެނެސްދިނުމަށް ޑާކްރެއިން އެންޓަޓެއިންމެންޓުން ހަދާ ވެބް ސީރީޒް “ރޫމީ އާ ޖަންނަތު“ގެ ޝޫޓިން ތެރެއިން ނަގާފައިވާ ބައެއް ވީޑިއޯ ކްލިޕްތަކުގެ ވާހަކައެވެ. ކެމެރާގެ ފުރަގަހުން ވެސް މަޖާކުރުމާއި ސަކަރާތްޖެހުން ކުރިއަށްދާކަން މި ހިއްސާކޮށްލާ ބައެއް ކްލިޕްތަކުން އެނގޭނެއެވެ.

ލީޑުން ފުބޫ އާއި މަޖޫ ފެނިގެންދާނެ “ރޫމީ އާ ޖަންނަތު” ދައްކާނީ މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމުންނެވެ. މީގައި ރޫމީ އަކީ ޝެފެކެވެ. ޖަންނަތު އަކީ އެމްއެންޑީއެފްގެ ފަޔަރ ބްރިގޭޑެކެވެ. މަޖޫ ފެނިގެންދާނީ އެމްއެންޑީއެފްގެ އަސްލު ޔުނިފޯމުގައެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/rumiaajannat/videos/379378900054310″ poster=”http://www.muniavas.com/wp-content/uploads/2020/11/Rumi-a-Jannat.jpg”]

[aiovg_video type=”facebook” facebook=”https://www.facebook.com/100000545132899/videos/3954707517890714/” poster=”http://www.muniavas.com/wp-content/uploads/2020/11/Rumi-a-Jannat.jpg”]

[aiovg_video type=”facebook” facebook=”https://www.facebook.com/100000545132899/videos/3947813565246776″ poster=”http://www.muniavas.com/wp-content/uploads/2020/11/Rumi-a-Jannat.jpg”]

[aiovg_video type=”facebook” facebook=”https://www.facebook.com/100000545132899/videos/3953575424670590″ poster=”http://www.muniavas.com/wp-content/uploads/2020/11/Rumi-a-Jannat.jpg”]

ރޫމީ އާ ޖަންނަތު” ސިޓްކޮމްގެ ސްކްރީންޕްލޭ ލިޔަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލެވެ. ޕްރޮޑިއުސްކުރަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ޕިސްޕިސް5 އަހަރު ކުރިން

ޑާކްރެއިންގެ އަނގަ މުނިއަވަސް

ޢަލާޢޫ5 އަހަރު ކުރިން

ތި ސީރީޒްއަށް ވަރަށް އިންތިޒާރުކުރަން. ފަސްޓް އޮފް އޯލް ދަ ކާސްޓް ޔޫ ގައިޒް ހޭވް ސެލްކްޓެޑް އިޒް އޯވްސަމް. ފުބޫ އާ މަޖޫ ހަމަ ސަތޭކަ.

RAJ5 އަހަރު ކުރިން

Waiting for the show. Trust you guys habeyhah, engey series ves habeys vaanekan

Home
Menu
Search
Back to top