ދިވެހިންގެ ޓީމެއް ހިމެނޭ ލޫޕްކްރާފްޓުން، ޖަޒީރާ ރާއްޖޭގެ ހިތްގައިމުކަން ދައްކާލާ ވީޑިއޯ ގޭމެއް އުފައްދަން ފަށައި އެ ގޭމްގެ ފަސްޓްލުކް ދައްކާލައިފިއެވެ. ޖަޒީރާ ރާއްޖޭގެ ހިތްގައިމުކަމާ ރީތިކަން ދައްކައިދޭ އާހިތަ (އެޑްވެންޗުރަސް) ކަންތައްތަކެއް ހިމެނޭ އެ ގޭމަށް އެތައް ބައެއްގެ ސަމާލުކަން ވަނީ މިހާރު ހުއްޓިފަ އެވެ.
“ލިޓްލް އައިލެންޑް އެޑްވެންޗާ” އަކީ ރާއްޖޭގެ ރީތި މަންޒަރުތައް ފެނިގެންދާނެ ގޭމެކެވެ. ކުޑަ އަންހެން ކުއްޖެއް ލީޑަށް ލައިގެން ކުޅޭ އެ ގޭމްގައި ރީތި ދޮންވެލިގޮނޑުދޮށްތަކާއި މޫދުތަކުގައި އެކުއްޖާ ދަތުރުކުރާނެ އެވެ.
ލޫޕްކްރާފްޓުން ބުނީ މި ގޭމަކީ އެޑްވެންޗާ ސްޓައިލްގެ އޯޕަން ވޯލްޑް ގޭމެއް ކަމަށެވެ. ގޭމުން ފެނިގެންދާނީ އާދައިގެ އަދި ހިތްހަމަޖެހޭ ރަށްފުށުގެ ދިރިއުޅުން ކަމަށް ލޫޕްކްރާފްޓުން ބުނެ އެވެ.

“ލިޓް އައިލެންޑް އެޑްވެންޗާ”ގެ މަންޒަރެއް – ފޮޓޯ: ލޫޕްކްރާފްޓް
“ކުޅުންތެރިންނަށް ބޮޑު ދަތުރެއްގައި އެކި ކަހަލަ ކުއެސްޓްތަކާއި އެކްޓިވިޓީ އަދި ޕަޒްލްތައް ރާވައިލައިގެން މި ގޭމުގައި ކުރިއަށް ދެވޭނެ،” ލޫޕްކްރާފްޓުން ބުނެއެވެ.
އަންނަ އަހަރު މެދުތެރޭ ނެރެވޭނެ ކަމަށް އުއްމީދުކުރާ “ލިޓްލް އައިލެންޑް އެޑްވެންޗާ” މިހާރު އޮތީ ޕްރީ-އަލްފާ ސްޓޭޖްގައި ކަމަށް ލޫޕްކްރާފްޓުން ބުނެއެވެ. މިއީ ރާއްޖޭގެ އޯޑިއަންސްގެ އިތުރުން ބޭރުގެ އޯޑިއަންސަށްވެސް ވިސްނައިގެން ތައްޔާރުކުރާ ގޭމެކެވެ.
ލޫފްކްރާފްޓުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ގޭމް އުފެއްދުމުގެ އިތުރުން ވެބްސައިޓް ހެދުމާއި އެޕް އަދި ސޮފްޓްވެއާ ތަރައްގީކުރުމުގެ އިތުރުން 3ޑީގެ އުފެއްދުންތައްވެސް އުފައްދައެވެ.
ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި އޮސްޓްރޭލިއާ އާއި ޑެންމާކާއި އިނގިރޭސިވިލާތުގެ ބައެއް ޕްރޮޖެކްތައް ވެސް ލޫޕްކްރާފްޓުން ކުރިއަށް ގެންގޮސްފައިވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!