އެއްކަލަ މަރިޔަނބުގެ ސޮރު މިއަދު މީނދީ ކޮފީއަކަށް އައިހެވެ. އެވެސް އޭނާގެ މަންމައަށް ނޭނގިއެވެ. ފިހާރައަކަށް ފޮނުވި ކުއްޖާފުޅު ގޮސް އޭނދީ ކޮފީގައި އަޗާތަޅާށެވެ. މިކަން މަރިޔަނބަށް އެނގުމުން ދެން ކަންތައް ވާގޮތް ބަލައިލަން ހަމަ ކޮންމެހެންވެސް މި ވީޑިއޯ ބަލައިލަން ވާނެއެވެ.
މިއީ ކޮވިޑް-19 އަށް ހޭލުންތެރި ކުރުވުމަށް އެޗްޕީއޭއިން ގެނެސްދޭން ފެށި ސިލްސިލާ އިޝްތިހާރުތަކުގެ ތެރެއިން އިޝްތިހާރެކެވެ. މިފަހަރު މީގައި މި އުޅެނީ މަރިޔަނބުގެ ދަރިފުޅެވެ. އޭނާ ކޮފީއަށް ގޮސް އިންދާ ކަންތައްތައް ވާގޮތް ބަލައިލަމާ ހިނގާށެވެ. ހަމަ ގައިމުވެސް މަޖާވާނެއެވެ. މަޖާކަމުގެ ތެރެއިން ރަނގަޅު މެސެޖްތަކެއްވެސް ލިބިގެންދާނެއެވެ.
’މަރިޔަނބު އުޅޭހެން އުޅެބަލަ!‘ ޓެގްލައިންގައި މިފަހަރު ގެނެސްދީފައިވަނީ ”އަބަދު ކޮފީތަކަށް ދަންތަ؟“ ނަމުގައި ހަދާފައިވާ ވީޑިއޯ ސްޕޮޓެކެވެ.
[aiovg_video type=”facebook” facebook=”https://www.facebook.com/UNICEF.MDV/videos/420097186049878/?vh=e&d=n” poster=”http://www.muniavas.com/wp-content/uploads/2020/11/6311ACBA-0442-4BF6-809D-0E06EF07D69B.png”]
