ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަންޖޭ ދަތުގެ “ތޯރްބާޒް” ނެޓްފްލިކްސްއަށް

ސަންޖޭ ދަތު ލީޑް ކުޅެފައިވާ ފިލްމު “ތޯރްބާޒް” މިއަހަރު ޑިސެމްބަރު 11ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމައިފިއެވެ. މިއީ ކެންސަރަށް ފަރުވާ ހޯދިފަހުން، ރިލީޒްކުރާ ސަންޖޭގެ ފުރަތަމަ ފިލްމެވެ. ހަމަ އެހެންމެ، މިއީ ސަންޖޭގެ ފިލްމެއް ނެޓްފްލިކްސްގައި ރިލީޒްކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ

އަފްޣާނިސްތާނުގައި ކުޅެފައިވާ މި ފިލްމުން ކިޔައިދެނީ ރެފިއުޖީ ކޭމްޕެއްގައި އުޅެމުން އަންނަ ކުދިންތަކެއްގެ ދިރިއުޅުން، ކްރިކެޓްގެ ޒަރީޢާޢީން ބަދަލުކޮށްލުމަށް މީހަކު ކުރާ މަސައްކަތްތަކެކެވެ.

ނެޓްފްލިކްސްގައި ރިލީޒްކުރާ ސަންޖޭގެ ފުރަތަމަ ފިލްމާބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، “ތޯރްބާޒް”ގެ ވާހަކައަކީ އަފްޣާނިސްތާނުގެ ހާލަތު ދައްކައިދޭނެ ފިލްމެއްކަމަށެވެ. ސަންޖޭ ބުނީ، ވަރުގަދަ މި ފިލްމާއެކު އެނބުރި ފިލްމު އިންޑަސްޓްރީއަށް ނުކުމެވޭތީ އުފާކުރާ ކަމަށެވެ.

“ތޯރްބާޒް” ޑައިރެކްޓްކުރީ ގިރިޝް މާލިކް އެވެ. މި ފިލްމުގައި ސަންޖޭއާ އެކު ފެނިގެންދާނެ ތަރިންނަކީ ނަރްގިސް ފަޚްރީ އާއި ރާހުލް ދޭވް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top