ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސާގިބް ސަލީމް ބ. ފިނޮޅު ރިޒޯޓްގައި

“ރޭސް 3” އާއި “މޭރޭ ޑޭޑް މަރޫޓީ” އަދި “ޑިޝޫމް” ފަދަ ފިލްމުތަކުން ފެނިފައިވާ 32 އަހަރުގެ އެކްޓަރު ސާގިބް ސަލީމް ބ. ފިނޮޅު ރިސޯޓްގައި ޗުއްޓީހޭދަކުރަމުން އެބަދެއެވެ.

ރާއްޖޭގެ ހިތްގައިމު ރިސޯޓްތަކުގައި ބޮލީވުޑްގެ ފަންނާނުން ޗުއްޓީހަދަމުން އަންނަ މި ދުވަސްވަރު ފިނޮޅުގައި ސާގިބް ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ހިއްސާކޮށް ރާއްޖޭގެ ރީތި ކަމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވެ އެވެ.

ފިލްމީ ދާއިރާއަށް ސާގިބް ނުކުތީ “މުޖްސޭ ފްރެންޑްޝިޕް ކަރޯގޭ” (2011) އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލައިލާއިރު، އަންނަ އަހަރު ކުރީކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯންގެ ކްރިކެޓް ފިލްމު “83” ހިމެނެއެވެ.

 

View this post on Instagram

 

A post shared by Saqib Saleem (@saqibsaleem)

ސާގިބް އެންމެ ފަހުން ފެނިފައިވާ ފިލްމަކީ “ކޮމެޑީ ކަޕްލް” އެވެ. މިއީ ޒީ5 އިން ރިލީޒްކުރި ފިލްމެކެވެ.

މިވެސް ކިޔާލަން:  ދިވެހި ޕްރެމިއާ ލީގު ހަފްތާ 15 އަށް ކަޅިއެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top