ފުޓްބޯޅައިގެ ތާރީޚްގައި ފެނުނު އެންމެ މޮޅު އެއް އެޓޭކިން މިޑްފީލްޑަރު އަދި އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯނާ މިރޭ މަރުވެއްޖެ އެވެ.
މަރާޑޯނާ މަރުވީ ހާރޓް އެޓޭކެއް ޖެހިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މަރަޑޯނާ މަރުވިކަން މިރޭ އޭނާގެ އާއިލާގެ ފަރާތަކާ ހަވާލާދީ އާޖެންޓީނާގެ މީޑިއާ އިން ރިޕޯޓްކުރީ އޭނާގެ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
1986 ވަނަ އަހަރު އާޖެންޓީނާއިން ވޯލްޑް ކަޕްގެ ތަށި އުފުލައިލި އިރު، މަރަޑޯނާ އަކީ އެ ޓީމުގެ ކެޕްޓަނެވެ.
ކިޔުންތެރިންގެ ޚިޔާލު
