ވިދްޔާ ބާލަން ލީޑަށް ލައިގެން 2012 ވަނަ އަހަރު ސުޖޯއީ ގޯޝް އުފެއްދި ހިޓް ފިލްމު “ކަހާނީ”ގެ ސްޕިންް-އޯފް ފިލްމެއްގެ ގޮތުގައި އުފައްދާ “ބޮބް ބިސްވާސް”ގައި ލަދުވެތި ބިސްވާސްގެ ކެރެކްޓަރގައި އަބީޝެކް ބަޗަން ހުންނަ ގޮތުގެ ފޮޓޯތަކެއް އާާއްމުކޮށްފިއެވެ.
މި ފިލްމުގެ ޝޫޓިންއަށް ދާދިދަފުން އަބީޝެކްވަނީ ކަލްކަތާއަށް ގޮސްފައެވެ.
ބޮބް ބިސްވާސްގެ ކެރެކްޓަރގައި އަބީޝެކް ފެންނަ އިރު ވަރަށް ތަފާތުދޯއެވެ. ފިލްމުގައި އޭނާގެ އެކްޓިން ބަލައިލުމަށް ހަމަ ގައިމުވެސް ކެތްމަދުވެއްޖެއެވެ.

“ބޮބް ބިސްވާސް”ގައި ޗިތުރަންގާ ސިންހްވެސް ހަރަކާތްތެރިވެއެވެ. މިއީ ސުޖޯއީ ގޯޝް އާއި ޝާހްްރުކް ޚާން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމަކީ ގޯޝްގެ ދަރިފުޅު ދިޔާ އަންނަޕުރްނާގެ އަލަތު ޑައިރެކްޝަން ފިލްމެވެ.
ފިލްމުގެ ވާހަކަ އެނބުރެނީ ފިލްމު “ކަހާނީ”ގައި ދެއްކި ޚާއްޞަ ކެރެކްޓަރ ބޮބް ބިސްވާސްގެ ދިރިއުޅުމުގެ ވަށައިގެންނެވެ. ފިލްމު “ކަހާނީ”ގައި ބޮބް ބޭނުންކުރި “ނޮމޮޝްކާރް، އެކް މިނެޓް” މި ޖުމްލަ ވެފައިވަނީ ޓްރޭޑްމާކް ޖުމްލައަކަށެވެ.

