ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިއުޒިޝަންސް ޔޫނިއަންގެ ރައީސަކަށް އޮގަރު އިބްރާހީމް ވަހީދު!

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް)ގެ ހިންގާކޮމެޓީގެ ރައީސްކަމަށް ރާއްޖޭގެ މަޝްހޫރު ލިޖެންޑް، އިބްރާހިމް ވަހީދު (އޮގަރު) އިންތިޚާބުކޮށްފިއެވެ. ހިންގާ ކޮމެޓީގެ އިތުރު މަޤާމުތަކަށްވެސް މެންބަރުން އިންތިޚާބުކޮށް އިންތިޚާބުވި މެންބަރުންގެ ނަންތައް އެ ޔޫނިއަންގެ ވެބްސައިޓް މެދުވެރިކޮށް އިއުލާނުކޮށްފައިވެއެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް)ގެ ފުރަތަމަ އާއްމު ބައްދަލުވުން ބާއްވައި އެ ޔޫނިއަންގެ ހިންގާ ކޮމެޓީގެ އިންތިޚާބު ބޭއްވީ ނިމި ދިޔަ ނޮވެމްބަރު މަހު 28ގައި ޒޫމް ބޭނުންކޮށްގެން އޮންލައިންކޮށެވެ. މި ބައްދަލުވުމުގައި އެ ޔޫނިއަން އުފެއްދުމުގައި މަސައްކަތްކުރި މެންބަރުންގެ އިތުރުން އާއްމު މެންބަރުންނާއި ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލި މެންބަރުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ހިންގާ ކޮމެޓީގެ އިންތިޚާބު ކުރިއަށް ގެންދިޔައެވެ. ހިންގާ ކޮމެޓީއަށް އިންތިޚާބުކުރެވުނީ:

1. ރައީސް – އިބްރާހީމް ވަހީދު (އޮގަރު)

2. ނައިބު ރައީސް – މަހްރާން މާޖިދު
3. ޚަޒާންދާރު – އަޙްމަދު އައިމަން ލަތީފް
4. ޖެނެރަލް ސެކްރެޓަރީ – ހަމްޒާ ޚަލީލް
5. އިވެންޓް ކޯޑިނޭޓަރ – މިފްރާހް ޢަބްދުލް (މިފޫ)
6. ސްޕޯކްސްޕާރސަން – އާމިނަތު ޝުއާ ޝުޖާޢު ޢަބްދުލް ހަންނާން (އައިނާ)
7. އެސޯސިއޭޓް އޮފިސަރ – އަފާނީން ނާފިލް

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ފުރަތަމަ ހިންގާ ކޮމެޓީއަށް އިންތިޚާބުވި މެންބަރުންނަން މުނިއަވަސް ޓީމުގެ ނަމުގައި ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top