ހިތްގައިމު ލަވަތަކުގެ ކަވަރއެއް ތައްޔާރުކޮށްލުމަކީ އެ ލަވަތަކުގެ ހިތްގައިމުކަން ދެގުނައަށް އިތުރުކޮށްދޭ ކަމެކެވެ. ވަކިން ޚާއްޞަކޮށް ހުނަރުވެރި ބަޔަކު، ފަރުވާތެރިކަމާއެކު މިފަދަ މަސައްކަތެއް ކޮށްލުމުން ފުރިހަމަކަމުގެ ތެރެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ހިތްގައިމު ވީޑިއޯ ލަވަތަކެއް ގެނެސްދެމުން އަންނަ ހޭރިޔާ ސްޓޫޑިއޯ އިން އުފައްދައި މިއަދު ރިލީޒްކުރި ”ޚިޔާލް“ގެ ކަވަރ އަކީ އެފަދަ ހިތްގައިމު ލަވައެކެވެ.
”ޚިޔާލް“ ލަވައިގެ އަޑުގެވެރިންނަކީ ހޭރިޔާގެ އަޙްމަދު އިޝާމް އާއި އުމުރުން އެންމެ 17 ވަރަކަށް އަހަރުގެ އިކްރާމް (އިކޫ) އެވެ.
ލަވައިގެ މިކްސިންގ އާއި މާސްޓަރިން ހެދީ ރީތި ލަވަތަކެއް ނެރެމުން އަންނަ ’ބަޒި ރިކޯޑްސް ސްޓޫޑިއޯ’ގައެވެ. ވީޑިއޯކޮށް ޕްރޮޑަކްޝަން މަސައްކަތްްކޮށްފައިވަނީ ހޭރިޔާ ބޮޑުބެރު ގްރޫޕްގެ މެނޭޖަރ ނާޝިތު ރަޝީދު އާއި ސަޗޯ އެވެ. ލަވަ ޑައިރެކްޓްކުރީވެސް ނާޝިތު އެވެ.
”ޚިޔާލް“ ލަވައިގެވެސް މިއުޒިކް ހަދާފައިވަނީ ’ބަޒި ރިކޯޑްސް ސްޓޫޑިއޯ’ ލީޑްކުރަމުން އަންނަ ޒުވާން މިއުޒީޝަން އަރުޝަދު ސަޢީދު (އަރޭ) އެވެ.
ހޭރިޔާ ބޮޑުބެރު ގްރޫޕާއި ބަޒި ރިކޯޑްސް ގުޅިގެން މީގެ ކުރިންވެސް ހިތްގައިމު ވީޑިއޯ ލަވަތަކެއް ނެރެފައިވެއެވެ. އެގޮތުން ”މަސްތު“ އަދި ”ޢީދުލް އަޟްޙާ“ ލަވަ ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




