ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑީޓިއުން ބޭންޑް: ދިރާގު ގެ ބްރޭންޑް އެމްބެސެޑަރަކަށް

ދިރާގުގެ ފަރާތުން އެމީހުންގެ އައު ބްރޭންޑް އެމްބެސެޑަރަކަށް ޑީޓިއުން ބޭންޑް ހަމަޖައްސައިފި އެވެ.

ޑީޓިއުން ބޭންޑަށް އެމްބެސެޑަރުކަން ހަވާލު ކޮށްދެއްވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ރަޝީދު އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެމްޑީ އަދި ސީއީއޯ ވިދާޅުވީ ޑީޓިއުން ބޭންޑް ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެހިގެން ދިޔުމުން އުފާކުރައްވާ ކަމަށާއި ޑީޓިއުން ބޭންޑަކީ އަރަމުން އަންނަ ފަންނާނުންނަށް މަގު ދައްކައިދޭ ލާމަސީލު މިސާލެއްކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

ޑީޓިއުން ބޭންޑްގެ ލަވަތައް އޮންލައިން ކޮށް ދިރާގުގެ ޔޮންޑާ މިއުޒިކު އެޕުން ވަރަށް އަވަސް މުސްތަގުބަލެއްގައި ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މީގެ 12 އަހަރު ކުރިން އުފެދުނު ޑީޓިއުން ބޭންޑަކީ އެމީހުންގެ އަމިއްލަ ރާގުތަކަށާއި ތަފާތު ވީޑިއޯ ތަކަށް ދިވެހި ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދައިފައިވާ ބޭންޑެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top