އަނޫރާގު ކެޝަޕް، އަނިލް ކަޕޫރުގެ ދަރިފުޅު ސޯނަމް ކަޕޫރު ކިޑްނެޕްކުރެއެވެ. އަނޫރާގު ކެޝަޕް އަކީ ޑައިރެކްޓަރެކެވެ. ސޯނަމްގެ ބައްޕަ އަނިލް ކަޕޫރަކީ މި ފިލްމުގައިވެސް އެކްޓަރެއްގެ ބައި ކުޅޭ މީހެކެވެ. ޓްރެއިލަރ ބަލައިލުމުން މި ވާނުވާއެއް އެނގެންވެސް އިރުކޮޅެއް ނަގާނެއެވެ.
ނެޓްފްލިކްސް އިން ދައްކަން އުފައްދާފައިވާ ”އޭކޭ vs އޭކޭ“ގެ ޓްރެއިލަރ ރިލީޒްކުރީ މިއަދުގެ ވަގުތެއްގައެވެ. ވީޑިއޯގައި ފެންނަނީ އަނޫރާގު ކޭޝަޕް ޑައިރެކްޓަރެއްގެ ގޮތުގައެވެ. އަނިލް ކަޕޫރަކީ އެކްޓަރެކެވެ. އަނިލް ކުޅޭ ރޯލަކީ ކިޑްނެޕްކޮށްފައިވާ އޭނާގެ ދަރިފުޅު ހޯދަން ކުރާ މަސައްކަތް ދައްކުވައިދޭ ރޯލެކެވެ. އަނިލްގެ ދަރިފުޅު ހޯދުމަށް ކުރާ މަސައްކަތް ކުރިއަށްދާއިރު، އެކަންކަން ޑައިރެކްޓަރު ވީޑިއޯ ކުރަމުން ދެއެވެ.
ޓްރެއިލަރ ފެށެނީ އަނިލް އާއި އަނޫރާގު އިންޓަވިއުއެއްގައި ތިބެގެން ޒުވާބުކުރަމުން ގޮސް އަރައިރުމަކަށް ބަދަލުވާ ހިސާބުންނެވެ. މަސްރަހު ހޫނުވެ، އަނޫރާގުގެ އަތުގައި ހުރި ފެންތަށި، އަނިލްގެ މޫނަށް ޖަހައެވެ.
އެއަށްފަހު އަނިލްގެ ދަރިފުޅު ސޯނަމް ކިޑްނެޕްކުރެއެވެ. ދަރިފުޅު ހޯދުމަށް އަނިލް އަށް ލިބެނީ 10 ގަޑި އިރެވެ. އެ ދިހަ ގަޑިއިރުތެރޭގައި އަނިލް ބޯލަނބަން ޖެހޭ ގަވައިދުތަކެއް ވެއެވެ. ދަރިފުޅު ހޯދުމަށް އަނިލް މަގުމައްޗަށް ނުކުންނަ ހިސާބުން ފެށިގެން ގޮސް ހުރިހައި ކަމެއް ޑައިރެކްޓަރު ވީޑިއޯ ކުރެއެވެ. ތަފާތު އަދި ޝައުޤުވެރި ކޮންސެޕްޓެއް ދޯއެވެ.
މި ފިލްމު ނެޓްފްލިކްސްގައި ރިލީޒްކުރާނީ މިމަހު24 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




