ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު “އަންތިމް” ގައި ސަލްމާން ޚާން ހުންނަގޮތް ދައްކާލައިފި

ސަލްމާން ޚާން އާއި އަޔުޝްމަން ޝަރްމާ ލީޑްކުޅޭ ފިލްމު “އަންތިމް- ދަ ފައިނަލް ޓްރުތު’ގައި ސަލްމާން ޚާން ހުންނާނެ ގޮތުގެ ފަސްޓްލުކެއް އާއްމުކޮށްފިއެވެ. މި ފިލްމަކީ މީގެ ކުރިން އިންޑިޔާގެ ސިނަމާގައި ފެނިފައި ނުވާފަދަ ވަރުގަދަ ދެ ކެރެކްޓަރ އެއް ފެނިގެންދާނެ ވާހަކައެއް ގެނެސްދޭނެ ފިލްމެކެވެ.

މަހޭޝް މަންޖްރެކަރް ޑައިރެކްޓްކުރާ މި ފިލްމުން ސަލްމާން ޚާން އާއި އަޔުޝްމަން ޝަރްމާ ފެނިގެންދާނެއެވެ. މި ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި މަރާތީ ކްރައިމް ޑްރާމާ “މުލްޝީ ޕެޓަރން”ގެ އެޑްޕްޓޭޝަނެކެވެ. އެ ފިލްމަކީ، ފިލްމުގެ ވާހަކައަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފިލްމެކެވެ.

ފޭނުންނަށް ސަޕްރައިޒެއް ދިނުމަށްޓަކައި އަޔުޝްމަން ޝަރްމާ މިވަނީ ސަލްމާން ޚާންގެ ފަސްޓްލުކެއް ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Aayush Sharma (@aaysharma)

“އަންތިމް” ޕްރޮޑިއުސްކުރަނީ ‘ސަލްމާން ޚާން ފިލްމްސް’ އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top