ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފުރަތަމަ ސިޓްކޮމް “ރޫމީ އާ ޖަންނަތުު”ގެ ސީޒަން 1ގެ ފުރަތަމަ އެޕިސޯޑް މިރޭ (31 ޑިސެމްބަރު 2020) ބާރައިގެ ފަހުން ބަލައިލެވޭނެ ކަމަށް ޑާކް ރެއިން އިން ބުނެފިއެވެ.

ރޫމީ އާ ޖަންނަތުު” ސީރީޒް ބަލައިލެވޭނީ ހަމައެކަނި މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް ބޭނުންކޮށްގެންނެވެ. އެހެންކަމުން މި އެޕް އިންސްޓޯލް ނުކޮށް ތިއްބެވި ފަރާތްތަކުން މިރޭ 00:00ގެ ކުރިން އެޕް އިންސްޓޯލްކޮށްލަން ޖެހެއެވެ. ސީރީޒްގެ ފުރަތަމަ އެޕިސޯޑް އެއްވެސް އަގަކާއި ނުލައި ބަލައިލެވޭނެއެވެ.

ވަރުގަދަ ކާސްޓެއް ހިމެނޭ “ރޫމީ އާ ޖަންނަތުު” ވެބް ސީރީޒް ބެލުމަށް މީޑިއާނެޓް މަލްޓި-ސްކްރީން އެޕް ގޫގުލް ޕްލޭ އަދި އެޕް ސްޓޯ އިން މިހާރު ޑައުންލޯންޑް ކުރެވޭނެ އެވެ.

އައިޝަތު ފުއާދު ތަޢުފީޤު އާއި އަޙްމަދު ޠާލާލް ގެ ސްކްރީންޕްލޭ އަކަށް ޝޫޓްކޮށްފައިވާ މި ސީރީޒަކީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދޭ ވެބް ސީރީޒެކެވެ.

މަޤުބޫލު ތަރިންތަކެއް މި ސީރީޒުން ފެނިންދާއިރު ސީރީޒްގެ ލީޑުން ފެނިގެންދާނީ އަބްދުﷲ ޝާފިއު (ފުބޫ) އާއި ނުޒްހަތު ޝުޢައިބް (ނުޒޫ) އެވެ. މީގައި ރޫމީ އަކީ ޝެފެކެވެ. ޖަންނަތު އަކީ އެމްއެންޑީއެފްގެ ފަޔަރ ބްރިގޭޑެކެވެ. ނުޒޫ ފެނިގެންދާނީ އެމްއެންޑީއެފްގެ އަސްލު ޔުނިފޯމުގައެވެ.

މުހިންމު އިތުރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، ރޯނު ހަސަން މަނިކު، މުހައްމަަދު ފައިސަލް، އަހުމަދު ސައީދު، އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން ތެރީސާ މޭ ވެސް މި ވެބްސީރީޒުން ފެނިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.