މީޑިއާނެޓް އޮރިޖިނަލްސް އިން ގެނެސްދެމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ސިޓްކޮމް “ރޫމީ އާ ޖަންނަތުު”ގެ ހަތަރުވަނަ އެޕިސޯޑް ސްޓްރީމްކުރަން ތައްޔާރުވެފައިވާއިރު، “ރޫމީ އާ ޖަންނަތުު”ގެ ދުނިޔެއަށް، ޑާކް ރެއިން އިން މިއަދު ވަނީ މަރުޙަބާކިޔާފައެވެ. އެގޮތުން “ރޫމީ އާ ޖަންނަތުު”ގެ ދުނިޔޭގެ ގިނަ ވާހަކަތަކެއް ކިޔައިދޭ މަޖާ ވީޑިއޯއެއް އެ ޕްރޮޑަކްޝަންގެ ޔޫޓިއުބް ޗެނަލްއިން މިއަދު އާއްމުކޮށްފައިވެއެވެ.

ފުބޫ: “އަހަންނަކީ ރޫމީ.”
ނުޒޫ: “އަހަންނަކީ ޖަންނަތު.”
ފުބޫ އާ ނުޒޫ: އަހަރުމެންނަކީ ރޫމީ އާ ޖަންނަތު. އަހަރުމެންގެ ދުނިޔެއަށް މަރުޙަބާ! (ހިނިގަނޑަކާއެކު)

ރޫމީ އާ ޖަންނަތުު”ގެ ދުނިޔޭގައި ކަންކަން ހުރިގޮތަކާއި، މި ސީރިޒްގެ ތަރިން އަދާކުރާ ކެރެކްޓާތަކުގެ އިތުރު މަޢުލޫމާތު އަހަރުމެން ގެނެސްދޭކަށް ނެތީމެވެ. “ރޫމީ އާ ޖަންނަތުު”ގެ ދުނިޔޭގެ ކަންކަން އެ ދުނިޔޭގެ އަހުލުވެރިންގެ ފަރާތުން އަޑުއަހައިލާ ބަލައިލުމަށް ވުރެން ވަކިން މޮޅު ގޮތެއް ނޯންނާނެއެވެ.

ރޫމީ އާ ޖަންނަތުު“ ބެލުމަށް މީޑިއާނެޓް މަލްޓި-ސްކްރީން އެޕް ގޫގުލް ޕްލޭ އަދި އެޕް ސްޓޯ އިން ޑައުންލޯންޑްކޮށްލާށެވެ. އެއަށްފަހު މީޑިއާނެޓް ޕެކޭޖް ބޭނުންކުރާ ފަރާތްތަކުން ޕެކޭޖަށް ދީފައިވާ ޔޫސަރ އައިޑީ (ހަ ޢަދަދުގެ ހިސާބު ނަންބަރު) ޖެހުމަށްފަހު ޕާސްވޯޑަކަށް، ޕެކޭޖް ރެޖިސްޓްރީ ކުރުމުގައި ދީފައިވާ އައިޑީކާޑުގެ ނަންބަރު ޖަހައިލުމުން ލޮގިން ވެވޭނެއެވެ.

މީޑިއާނެޓް ޕެކޭޖް ނެތަސް، ފޯނު ނަންބަރެއް ޖަހައި ’ރެޖިސްޓަރ‘ އަށް ފިއްތާލާށެވެ. ފޯނަށް އެސްއެމްއެސް އެއް ލިބޭނެއެވެ. އެ އެސްއެމްއެސްގައި ވެސް ޔޫސަރ ނޭމްއަކަށް ހަ ޢަދަދުގެ ހިސާބު ނަންބަރަކާއި ޕާސްވޯޑްގެ ގޮތުގައި ޖަހާނެ އައިޑީކާޑު ނަންބަރެއް ވާނެއެވެ. ޔޫސަރ ފޯމް ފުރިހަމަކޮށްލުމުން ލޮގިން ވެވޭނެއެވެ. ލޮގިން ވުމުން މެނޫގައިވާ ’ބޮކްސް ސެޓް‘ ގައި ”ރޫމީ އާ ޖަންނަތުު“ ފެންނަން އިންނާނެއެވެ. އެއަށް ފިއްތައިލާ ”ރޫމީ އާ ޖަންނަތުު“ ބަލަން ފަށާށެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.