ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާލިއާ ބަޓް ރާާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އާލިއާ ބަޓް ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. އާލިއާ ވެސް އޭނާގެ ފޮޓޯތައް އިންސްޓަގްރާމްގައި އަންނަނީ ހިއްސާކުރަމުންނެވެ.

އާލިއާ ރާއްޖެ އައިސް ޗުއްތީގައި އުޅެނީ އޭނާގެ ރައްޓެހިންނާ އެކުގައެވެ. އޭނާ ރާއްޖެ އައީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު “ގަންގޫބާއީ ކަތިވަަޑީ”ގެ ޝޫޓިން ނިންމައިލުމަށް ފަހުގައެވެ. އާލިއާ އާއެކު އޭނާގެ ބެސްޓް ފްރެންޑް އަކަންޝާ ރަންޖަން ކަޕޫރުވެސް ރާއްޖެ އައެވެ.

ބަތަލާ އާލިއާ ދާދިފަހުން އޭނާގެ ލޯބިވެރިޔާ އެކްޓަރު ރަންބީރު ކަޕޫރާއެކު ދިއްލީ ގައި ވެސް ޗުއްޓީ ހޭދަކޮށްފައި ވެއެވެ.

އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރަންބީރު އާއެކު ކުޅޭ “ބްރަހްމަސްތުރާ”، “އާރްއާރްއާރް”، ސަންޖޭ ލީލާ ބަންސާލީގެ “ގަންގޫބާއި” އަދި ކަރަން ޖޯހަރުގެ “ތަޚްތު” ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top